މާދަމާއަކީ މުޅި ރާއްޖެ ސާފުކުރާ ދުވަސް

vhb-1.jpg

މާދަމާއަކީ މުޅި ރާއްޖެ ސާފުކުރާ ދުވަހެއްގެ ގޮތުގައި ފާހަގަކުރަން ނިންމައިފި އެވެ.

މިއީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހާ ގުޅިގެން ކުރިއަށް ގެންދާ ބީޗް ކްލީންއަޕް ނުވަތަ ރަށްރަށުގެ އައްސޭރިފަށް ސާފުކުރަން ޕާލޭ މޯލްޑިވްސް އިން ކުރިއަށް ގެންދާ ހަރަކާތެކެވެ. އަދި މިކަން ކުރިއަށް ގެންދަނީ އެޑިޔުކޭޝަން މިނިސްޓްރީ އާއި މަޓީ ވެސް ގުޅިގެންނެވެ.

“މޯލްޑިވްސް ފޯ ދި އޯޝަން”ގެ ނަމުގައި ކުރިއަށް ގެންދާ ސާފުކުރުމުގެ ހަރަކާތް ކުރިއަށް ދާނީ މާދަމާ ހެނދުނު 6:00 އިން ހަވީރު 6:00 އަށެވެ. ޕާލޭ އިން ބުނީ މި ހަރަކާތް މުޅި ރާއްޖޭގެ 250 އަށް ވުރެ ގިނަ ރަށުގައި ކުރިއަށް ދާނެ ކަމަށެވެ.

ގޮނޑުދޮށްތައް ސާފު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު ކަނޑުތަކާ ގުޅޭ ހުށަހެޅުންތަކާއި އެ އިވެންޓުގެ ހަރަކާތްތައް ޓީވީން ވަގުތުން ދައްކަން ވެސް ހަމަޖެހިފައިވެ އެވެ.

މި ހަރަކާތުގެ ބޭނުމަކީ ރާއްޖޭގެ ކަނޑުތަކަށް އުކާލާ ޕްލާސްޓިކު މަދުކުރުމަށް ފަރުދުން އަމިއްލައަށް ވިސްނައިގަނެ، ބާރުއަޅަން ހިތްވަރު ދިނުމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top