ދިރާސީ އާއަހަރު ފެށުން އޭޕްރީލް 6 ގައި

DSCN1024.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު

ދިރާސީ އާ އަހަރު އޭޕްރީލް ހައެއްގައި ފަށާ ގޮތަށް ދިރާސީ އަހަރުގެ އެކަޑެމިކް ކަލަންޑަރު އެޑިއުކޭޝަން މިނިސްޓްރީން މިއަދު އާންމުކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އާންމުކުރި ދިރާސީ އާ އަހަރުގެ ކަލަންޑަރުގައިވާ ގޮތުން އަހަރުގެ ފުރަތަމަ ޓާމް ކުރިއަށް ދާނީ އޭޕްރީލް މަހުގެ ހަޔަކުން ފެށިގެން ޖުލައި 24 އަށެވެ. ފުރަތަމަ ޓާމްގެ ޓެސްޓު އޮންނާނީ ޖުލައި މަހުގެ ފަހަކުން ފެށިގެން 19 އަށެވެ. ދެވަނަ ޓާމުގެ ކިޔެވުން 10 އޮގަސްޓުގައި ފަށައި ނިންމާނީ 25 ޑިސެމްބަރުގައެވެ.

ދެވަނަ ޓާމް ޓެސްޓް އޮންނާނީ ޑިސެމްބަރު ހަޔަކުން ފެށިގެން 20 އަށެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން 2025ގެ ބޮޑު ޗުއްޓީ ޑިސެމްބަރުގައި ލިބޭނެ އެވެ. އަދި 2026 ވަނަ އަހަރުގެ ދިރާސާ އާ އަހަރު ފަށާނީ ޖެނުއަރީ 27 ގަ އެވެ.

ބޮޑު ޗުއްޓީ ޑިސެމްބަރުގައި ލިބޭ ގޮތަށް އެކެޑެމިކް ކަލަންޑަރު ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top