ކައުންސިލްތަކަށް ފަހި ފުރުސަތު އޮތް ”ބީއެމްއެލް ފެހި ޕްރޮޖެކްޓް“އިފްތިތާހު ކޮށްފި

b_lPkegmEoMbObGIk7p6ZFeDu7E.jpg

ފޮޓޯ: ބީއެމްއެލް

ރާއްޖެ ފެހިކޮށްލުމަށް އަހަރަކު ބައިލައްކަ ގަސް އިންދާ ‘ބީއެމްއެލް ފެހި ޕްރޮޖެކްޓް’ އިފްތިތާހުކޮށްފިއެވެ.

ރާއްޖޭގެ އެކި ހިސާބުގައި ކޮންމެ އަހަރަކު، 50،000 ގަސް އިންދުމުގެ މަގުސަދުގައި ބީއެމްއެލުން ފެށި މި ޕްރޮޖެކްޓަކީ އަންނަ ނޮވެންބަރު މަހު ފާހަގަ ކުރުމަށް ހަމަޖައްސާފައިވާ އެ ބޭންކުގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން ހިންގުމަށް ހަމަޖައްސާފައިވާ މުޖުތަމައަށް ފައިދާހުރި މުހިންމު 12 ޕްރޮޖެކްޓްގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ފަސް އަހަރުގެ މުއްދަތަށް މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖައްސާފައިވާއިރު، ބީއެމްއެލުން ބުނީ އެ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގައި ހިންގާ ނާސަރީތަކުން ގަސް ހޯދުމަށްފަހު ރަށްރަށުގައި ގަސްއިންދުމަށް ކަނޑައަޅާފައިވާ ބިންތައް ފާހަގަކޮށް، ރަށް އިތުރަށް ފެހިކުރުމަށް ކޮންމެ އަހަރަކު ފަަސް ރަށެއް ހޮވައި، ކޮންމެ ރަށަކަށް 10،000 ގަސް ހަދިޔާކުރުމަށް ނިންމާފައިވާ ކަމަށެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓްގެ އެހީގައި އަލުން ގަސް އިންދުމުގެ ސަބަބުން ރަށް ގިރުން ހުއްޓުމާއި ހޫނުމިން ކުޑަވުމާއި ޖައްވަށް ދޫކުރެވޭ ކާބަންގެ މިންވަރު ދަށްކުރެވި ތިމާވެއްޓަށް ހެޔޮ ބަދަލެއް ގެނުވާނެ ކަމަށް އެ ބޭންކުން ބުންޏެވެ.

“ފެހި ޕްރޮޖެކްޓްގެ އެހީގައި ރަށްރަށުގައި ގަސްއިންދުމަށް ކުރާ މަސައްކަތްތަކަށް އެހީވެވި، ރާއްޖޭގައި މީހުން ދިރިއުޅޭ ސަރަހައްދުތަކަކީ ހިތްހަމަޖެހުން ލިއްބައިދޭ ތަންތަން ގާއިމުކުރެވިގެންދާނެ. ރަށު ކައުންސިލްތަކާއެކު މަސައްކަތްކޮށް ރަށްރަށަށް ފާހަގަކުރެވޭ ހެޔޮ ބަދަލެއް ގެންނަން އަޅުގަނޑުމެން މަސައްކަތް ކުރާނަން.” ސޯޔާ ވިދާޅުވިއެވެ.

ބީއެމްއެލް ފެހި ޕްރޮޖެކްޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ރަށު ކައުންސިލްތަކަށާއި ސިޓީ ކައުންސިލްތަކަށް ހުޅުވާލައިފައިވާއިރު އެޕްލިކޭޝަން ފޯމު އަންނަ މަހުގެ 20ގެ ނިޔަލަށް [email protected] އަށް އީމެއިލް މެދުވެރިކޮށް ފިނުވަން ޖެހޭނެއެވެ.

އެޕްލިކޭޝަނާއި މި ޕްރޮޖެކްޓްގެ ޝަރުތުތަކާ ބޭހޭ އިތުރު މައުލޫމާތު ބީއެމްއެލްގެ ވެބްސައިޓް www.bankofmaldives.com.mv/bml-fehi-project އިން ލިބޭނެއެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top