ބީއެމްއެލްގެ ބައެއް ޚިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލައިފި

BML2-850x548-1.jpg

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޕޭރޯލް އާއި ބަލްކް ޓްރާންސްފާ އިންޓަނެޓް ބޭންކިން އާއި ފަވަރަ މެދުވެރިކޮށް ހެދުން ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.

ބީއެމްއެލްއިން މިރޭ ބުނީ ބީއެމްއެލްގެ އިންޓަނެޓް ބޭންކިންއާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަވަރަ މެދުވެރިކޮށް ޕޭރޯލް އަދި ބަލްކް ޓްރާންސްފާގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލާފައިވާ ކަމަށެވެ.

އަދި ބޮޑެތި އަދަދުތަކުން ކުރާ ޓްރާންސްފާ ތަކާއި އަދި ޕޭރޯލް ޕްރޮސެސްކުރަން [email protected] އަށް މެއިލް ކުރުމަށް އެ ބޭންކުން ވަނީ އެދިފަ އެވެ.

މި ނިންމުން ބީއެމްއެލް އިން ނިންމާފައިވާއިރު، ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ ބައެއް މީހުންގެ އެކައުންޓަކަށް އޮޅިގެން ގިނަ އަދަދެއްގެ ފައިސާ ފޮނުވުނު މައްސަލައެއް މި އޮގަސްޓު މަހުގެ ފުރަތަމަ ދުވަހު ވަނީ ފެންމަތިވެފައެވެ.

ބީއެމްއެލް އިން ބުނެފައިވަނީ އެއީ ޕޭމަންޓް ޕްރޮސެސް ކުރުމުގައި ދިމާވި “ހިއުމަން އެރާ” އެއްގެ ސަބަބުން ދިމާވި މައްސަލައެއް ކަމަށެވެ. އަދި އެއީ ޕޭރޯލް ޕްރޮސެސިންގެ ބަލްކް ޕޭމަންޓަށް މި ފަހުން ގެނައި ބަދަލަކާ ގުޅިގެން ދިމާވީ ކަމެއް ކަމަށާއި އެ ފައިސާ އަނބުރާ ހޯދާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top