މާލެ ދަތުރުކުރަމުން އައި ދޯންޏެއް ހާލުގައި ޖެހިއްޖެ .

image_M1ZzY8LSfHzA3oI-1.jpg

ރ. ދުވާފަރުން ފުރައިގެން މާލެއަށް ދަތުރު ކުރަމުން އައި ދޯންޏެއް ބ.ހިތާދޫއާއި ގޮއިދޫގެ ދެމެދަށް އިންޖީނު ހުއްޓި ހާލުގައި ޖެހުމުން އެމްއެންޑީއެފުން އެހީތެރިކަން ދީފިއެވެ.

އިންޖީނު ހުއްޓިގެން ހާލުގައި ޖެހިފައިވަނީ 67 މީހުން ގޮވައިގެން ރ. ހުޅުދުއްފާރުން ފުރައިގެން މާލެ އަށް ދަތުރުކުރަމުންދިޔަ “އަލްމާސް” ނަމަކަށް ކިޔާބޯޓެއްކަމަށް އެމްއެންޑީއެފުންް ބުނެއެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބިފައިވަނި ރޭ ދަންވަރު 1:39 ހާއިރުކަމަށެވެ،

މި ޚަބަރު ލިބުމާއެކު މިބޯޓަށް އެހީވުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފެށި ކަމަށެވެ.

80 ފޫޓުގެ މި ބޯޓުން ދަތުރުކުރި އެންމެންގެ ހާލު ރަނގަޅު ކަމަށާއި ބޯޓުގައި އަންހެނުންނާއި ކުޑަކުދިން ވެސް ތިބިކަމަށް އާޒިމް މައުލޫމާތު ދެއްވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top