ކޮވިޑް-19: އޭދަފުށިން ސާމްޕަލް ނަގައިފި

271790_3_cf270c60710502966a6906d24c686d5e340a64f0_medium.jpg

ދުނިޔޭގައި މިހާރު ފެތުރެމުންދާ ކޮވިޑް-19، ރާއްޖޭގައި ވެސް ފެތުރެމުން ދާތީވެ، އެކަމަށް ރައްކާތެރި ވުމުގެ ގޮތުން އޭދަފުށީގައި ކޮވިޑްއަށް ސާމްޕަލް ނެގުމުގެ ޕްރޮގްރާމެއް ބ.އަތޮޅު ހޮސްޕިޓަލުން ހިންގައިފިއެވެ.

ބ.އަތޮޅު ހޮސްޕިޓަލުން ހާމަކުރި ގޮތުގައި ރޭ 8 އިން 11 އާދެމެދު އޭދަފުށީގައި ދިރިއުޅޭ ރައްޔިތުންނާއި ބިދޭސީންގެ ތެރެއިން 70 ސާމްޕަލް ނަގާފައިވެއެވެ. 20 ބިދޭސީންނާ 50 ދިވެހިން ހިމެނޭ ގޮތަށް ރެންޑަމްކޮށް މި ސާމްޕަލްތައް ނަގާފައިވަނީ ހޮޓާ ރެސްޓޯރެންޓް ފަދަ ތަންތަނާ ފިހާރަތަކާ ހޮސްޕިޓަލް އަދި ޓާސްކްފޯސްގެ މެންބަރުން ހިމެނޭ ގޮތުގައެވެ.

މި ސާމްޕަލްތައް މިއަދު މާލެފޮނުވާނެކަމަށާ އަދި ރޯޔަލް އައިލެންޑްގައި ކަރަންޓީނުގައި ތިބި 90 މީހެއްގެ ސާމްޕަލް ނެގުމަށްވެސް މިއަދު ހަމަޖެހިފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އޭދަފުށީގެ އިތުރުން މި ޕްރޮގްރާމް ބ.އަތޮޅުގެ އެހެން ރަށްރަށުގައިވެސް ކުރިއަށް ގެންދާނެކަމަށް  ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top