ފެހެންދޫ ސްކޫލްކުދިން ދަތުރުކުރާ ޑިންގީގެ ހަގީގަތަކީ ކޮބާ؟

233778_3_7d3d1995078f1712ecc1c69ebf3e0b09553e38ef_medium.jpeg

ފެހެންދޫސްކޫލް ކުދިން ދަތުރުކުރާ ޑިންގީ

އިއްޔެ ސޯޝަލް މީޑިއާގައި އެންމެ ބާރަށް އެނބުރެމުން ދިޔައީ ފެހެންދޫން ކުޑަ ދެ ކުއްޖަކު ގޮވައިގެން އަންހެން ދެ ބެލެނިވެރިޔަކު ގޮއިދޫސްކޫލަށް އަށް ދަތުރު ކުރި ގޮތް ފެންނަ ވީޑިއޯއެކެވެ. އެ ވީޑިއޯއިން ފެންނަނީ މޫސުން ގޯސްވުމާއެކު ހާމައަށް އޮތް ޑިންގީގައި ވާރެއިން ހިޔާވާން އެއް ކުއްޖަކު ކޯޓު ލައްވާފައި އިން އިރު، އަނެއް ކުއްޖާ ހިޔާކުރަން ބެލެނިވެރިޔާ ކުޑައެއް ހިފައިގެން އިން މަންޒަރެވެ.

މި ވީޑިއޯ ބަލާފައި އެކި މީހުން އެކިގޮތަށް ކޮމެންޓް ކުރަމުން ދިޔައެވެ. އެންމެފަހުން އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލު ކަން މިކަމަށް އައިސް ފެހެންދޫ ސްކޫލްކުދިން ދަތުރު ކުރުމަށް އޮންނަ ފެރީގެ ހަގީގަތް މިހާރުވަނީ ހާމަކޮށްފައެވެ.

ފެހެންދޫ ސްކޫލްގައި ކިޔަވާ ކުދިންގެ އަދަދު މަދުވުމުގެ ސަބަބުން އެ ސްކޫލް ކުދިން ކިޔަވަން ދަނީ އެއް ފަޅުގައި ޖެހިގެން އޮތް ގޮއިދޫ ސްކޫލަށެވެ. އެސްކޫލަށް އެކުދިން ބެލެނިވެރިންނާއެކު ދަތުރުކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަމިއްލަފަރާތެއްގެ އެހީތެރިކަމާއެކު މަތި ހިޔާކޮށްފައިވާ ޑިންގީއެއް ހަމަޖައްސައިދީފައެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވީ ފެހެންދޫގެ 26 ކުދިން ކިޔަވަން ކޮންމެ ދުވަހަކު ގޮއިދު އަށް ކުރާ ދަތުރުގައި ބޭނުންކުރާ ޑިންގީއަކީ ރައްކާތެރި އެއްޗަކަށް ހަދަން ކުރަން ޖެހޭ ކަންކަން ވާނީ ކޮށްދީފައި ކަމުގައެވެ.

“އަޅުގަނޑު މަގާމާ ހަވާލުވުމާ އެކު ތުޅާދޫ ދާއިރާއިން އެންމެ ފުރަތަމަ އައި ކަމަކީ އެއީ. އެ މައްސަލަ އައުމާއެކު، ޑިންގީގެ މައްސަލަ އަޅުގަނޑުމެން ވާނީ ހައްލު ކޮށްދީފައި،” ޑރ. އައިޝަތު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ޑިޒައިން ހުރި ގޮތުން ޑިންގީގެ ކުރިމަތިން ސަތަރި ވައްޓާލުމުން، ލޯންޗު ދުއްވާ މީހާއަށް ކުރިމަތި ނުފެންނާތީ މިވަގުތު ލޯންޗު ދުއްވަނީ ސަތަރީގެ އެ ބައި ނަގައިގެން ކަމަށެވެ.

“އެކަން ހައްލު ކުރުމަށް އަލިފުށީގެ ޓީމެއް އެބަ މަސައްކަތް ކުރައްވާ،” މިނިސްޓަރު ވިދާޅުވި އެވެ.

ޑިންގީ ވަނީ މަތި ހިޔާކޮށް ، މޫސުން ގޯސް ނަމަ ދެ ފަރާތުން ވެސް ހިޔާވާނެ ގޮތަށް ސަތަރި ޖަހާފައެވެ. އެކަމަކު ފެހެންދޫ ކައުންސިލްގެ ރައީސް މޫސާ ނަސީމް ވިދާޅުވީ އޭގެ ޒިބު ހަލާކުވެފައި ހުރުމުން، ދެ ފަރާތުގެ ސަތަރިގަނޑު މިހާރު ބޭނުން ނުކުރެވޭ ކަމަށެވެ. “މިހާރު ޑިންގީގެ ސަތަރިގަނޑު ވެސް އިނީ ހަލާކުވެފައި. އެހެންވެ، ވާރޭ ވެހުނަސް، ކަނޑު ގަދަ ވިޔަސް ހުރިހާ ކުދިން ސްކޫލަށް ދާން ޖެހޭނީ ތެމި ފޯވެގެން.” މޫސަ ވިދާޅުވި އެވެ. 

Share this post

PinIt

ކިޔުންތެރިންގެ ޚިޔާލު