މާރެސް އަންހެން ވޮލީ މުބާރާތް ، ތިންވަނަ ފަހަރުވެސް ގޮއިދޫ ކާމިޔާބު ކޮށްފި

ފައިނަލް.jpg

ބ.މާޅޮސް މާރެސް ޖަމިއްޔާގެ އަންހެން ވޮލީ މުބާރާތް ، ތިންވަނަ ފަހަރުވެސް ގޮއިދޫ އަންހެން ޓީމް ކާމިޔާބުކޮށް މި މުބާރާތުގެ ތަށި މިލްކު ކޮށްފިއެވެ.

ގޮއިދޫ ޓީމް ތަށި މިލްކް ކޮށްފައިވަނީ މިއަދު މުބާރާތުގެ އަންހެން ބައިގެ ފައިނަލުގައި ކަމަދޫ އާ ބައްދަލުކޮށް ފުރަތަމަ ދެ ސެޓް 25-12 އިން އަދި ފަހު ސެޓް 25-15 އިން މޮޅުވެގެން ނެވެ.

މިމުބާރާތުގެ އެންމެ މޮޅު ހަ ކުޅުންތެރިންނަށް ހޮވުނީ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ގޮއިދޫ ޓީމުގެ ޝާއިނާ އަހްމަދު ނިޒާމުގެ އިތުރުން އެ ޓީމުގެ ރިޒްވާނާ އަބޫބަކުރު ،މާޒާ ވަޖީހު ، ޝަފްނާ އިބްރާހީމް އަދި ދަރަވަންދޫގެ އައިޝަތު ޔުމްނާއާއި ކަމަދޫ ޓީމުގެ މަރިޔަމް ޝިޒާނާ އެވެ.

މި މުބާރާތުގެ ފިރިހެން ބައިގެ ކުޅުން ފަށާނީ މާދަމާ ހަވީރު އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުޑަރިކިލާއި ދޮންފަނު ޓީމެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top