1000 ފަގީރުން ހައްޖަށް. މިއަހަރު 50

332038_88805032-6.jpg

ރައީސް ޑރ. މުހައްމަދު މުއިއްޒު: ފޮޓޯ:ރައީސް އޮފީސް

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށް އޮތް 5އަހަރުގެ ތެރޭގައި 1000 ފަގީރުން ހައްޖަށް ފޮނުވުމަށް ވެފައިވާ ވައުދާއި އެއްގޮތަށް މިއަހަރު 50 ފަގީރުން ހައްޖުގެ މަތިވެރި އަޅުކަމަށް ފޮނުވަން ނިންމާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިކަން ހާމަކުރެއްވީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ނިންމެވި ނިންމެވުންތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހައްޖަށް ދާން ބޭނުންވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް އޮތް 5 އަހަރުދުވަހުގެ ތެރޭގައި 1000 ފަގީރުންނަށް ހިލޭ ދެވޭނެ ގޮތަށް ހަމަޖެއްސެވުމަކީ ވައުދުފުޅެއްކަން ފާހަގަކުރައްވާ ރައީސް މުއިއްޒު ވިދާޅުވީ މި މަސައްކަތް ފެއްޓެވުމުގެ ގޮތުން މި އަހަރު ފުރަތަމަ 50 މީހުން ފޮނުވާ ގޮތަށް ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ ހައްޖަށް ފޮނުވާ ފަރާތްތައް ކަނޑައަޅުއްވާނެ ގޮތްތަކާ ގުޅޭ މައުލޫމާތު ހިއްސާކުރައްވާފަ އެވެ. އެގޮތުން ސަރުކާރުން މީހުން ހައްޖަށް ފޮނުވުމުގައި އަމަލުކުރާނީ ގައުމުގެ ފަގީރުންގެ ދަފުތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ކަނޑައެޅޭ އުސޫލެއްގެ މަތިން ކަމުގައި ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވެފައި ވަނީ މި އުސޫލު ސަރުކާރު ގެޒެޓުގައި އާންމު ކުރެވޭނެ ކަމަށާއި އުންމީދަކީ ފަސް އަހަރަށް އެކަނި ކުރާ ކަމެއްގެ ބަދަލުގައި ދާއިމީ ގޮތެއްގައި ކުރާ ކަމަކަށްވުން ކަމުގައި ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top