ކެންޑިޑޭޓުންގެ ބަސް: އިރުޝާދު އިބްރާހީމް

ފ.jpg

ކެންޑިޑޭޓްގެ ތައާރަފް :

ބ. އޭދަފުށީ، ރާސްތާ އިރުޝާދު އިބްރާހީމަކީ މިފަހަރު އޭދަފުށީ ކައުންސިލަށް ކުރިމަތިލައްވާ އެންމެ ޒުވާން އެކެކެވެ. ބ. އަތޮޅު ތައުލީމީ މަރުކަޒުން ތައުލީމް ހާސިލް ކުރުމަށްފަހު ފުލުހުންގެ ވަޒީފާގައި މަސައްކަތްކުރެއްވިއެވެ. އޭގެފަހުންވެސް އެކި ދާއިރާތަކުގެ ވަޒީފާތަކުގައި ހަރަކާތްތެރިވި އިރުޝާދު މިހާރު ވަޒީފާ އަދާކުރަމުންދަނީ ފެނަކަ ކޯޕަރޭޝަން އޭދަފުށި ބްރާންޗްގައެވެ. އިޖްތިމާއީގޮތުން ޒުވާނުންނާ ގާތް ގުޅުމެއް އޮންނަ މީހެކޭ ބުނެވިދާނެއެވެ. ސަބަބަކީ މިހާ ޒުވާން އުމުރުގައިވެސް އޭދަފުށީގެ ބޮޑު ޖަމްއިއްޔާއެއްކަމުގައިވާ ކްލަބް ކޮންބިނޭޝަންގެ ޖެނެރަލް ސެކްރެޓަރީކަން މެދުނުކެނޑި ފަސްއަހަރު އަދާކުރެއްވުމެވެ. އެޖަމްއިއްޔާއިން ރާވާ ހިންގާ ހަރަކާތްތަކުގައި އިރުޝާދު ފެންނަނީ ވަރަށް ހަރަކާތްތެރި އަދި އިސްދައުރެއް އަދާކުރާ މީހެއްގެ ގޮތުގައެވެ.

އޭދަފުށީ ކައުންސިލަށް ކުރިމަތިލެއްވީ ކީއްވެގެންތޯ؟

ޒުވާނުންނާ ގުޅޭ ވަރަށްގިނަ މައްސަލަތައް ހައްލުނުވެ އޭދަފުށީގައި ހުރުމަކީ ކުރިމަތިލާން ނިންމި އެއްސަބަބު. ދެން ރަށުގެ ތަރައްޤީއަށް އަޅުގަނޑުގެ ފަރާތުންވެސް އެހީތެރިވެވިދާނެ ކިތަންމެ ކަމެއް އެބަހުރިކަމަށް ދެކިގެން ކައުންސިލަަށް ކުރިމަތިލާން ނިންމީ

ޕާޓީއެއްގެ ޓިކެޓްގައި ކުރިމަތިލެއްވީ ކީއްވެގެންތޯ ؟

މިއަދުގެ ސަރުކާރަކީ ޕީޕީއެމްގެ ސަރުކާރެއް.ސަރުކާރާ ގުޅިގެން ނޫނީ މިއަދު އެއްވެސް ކަމެއް ރަށަށް ކޮށްދެވޭކަށް ނެތް. އަޅުގަނޑު ޕީޕީއެމުން ކުރިމަތިލީ މައިގަނޑު ބޭނުމަކީވެސް ސަރުކާރާ ގުޅިގެން ޒުވާނުން ބޭނުންވާ ކަންކަން ކޮށްދިނުން

ދާއިރާގައި ހުރި މައްސަލަތަކުގެ ތެރެއިން އެންމެ އަވަހަށް ހައްލު ގެނައުމަށް އިސްކަންދެއްވާނެ 3 ކަމެއް ބަޔާންކޮށްދެއްވާ؟

އެންމެ ބޮޑު މައްސަލައަކަށް އަޅުގަނޑު ފާހަގަކުރާނީ ފުޓްބޯޅަ ދަނޑުގެ މައްސަލަ. މިހާރު އޮތް ވެލި ދަނޑަކީ އޭދަފުއްޓަށް މިހާރު ކަމުދާ ދަނޑެއްނޫން. ޓާފް ދަނޑެއް އެޅުމަށް އަޅުގަނޑު އެންމެ އިސްކަމެއް ދޭނީ. އެކަން ކުރެވޭނެ ސަރުކާރުގެ ތެރެއިން މަސައްކަތް ކޮށްގެން. އެމްޕީ ސަލީމްވެސް ހުންނެވީ މިކަމަށް އެއްބާރުލުންދޭން ތައްޔާރަށް

ދެވަނަ ކަމަކަށް އަޅުގަނޑުގެ ވިސްނުމުގައި އޮތީ ބަނދަރު ސަރަހައްދުގައި ފެރީޓާމިނަލެއް ހެދުން. ފެރީ ޓާމިނަލެއް ނެތުމުން އަތޮޅު ފެރީގައި ދަތުރުކުރާ މީހުން ވަރަށް ބޮޑު ތަކުލީފެއް އުފުލަންޖެހޭ. އަނެއްކޮޅުން މާލެއަށް ދަތުރުކުރާ ސްޕީޑް ލޯންޗްތަކަށްވެސް މީހުން އެރުވުމާ ބޭލުން ވަރަށް ދަތިކޮށް އޮތީ.

ތިންވަނަ ކަމަކަށް އޭދަފުށި ކުނީގެ މައްސަލަ ފެންނަނީ އަދިވެސް ހައްލެއްނެތި ކުރިޔަށްދާތަން. މިއީވެސް ވަރަށް އިސްކަމެއްދީގެން އަޅުގަނޑު މަސައްކަތް ކުރާނެކަމެއް. ކުނި މެނޭޖް ކުރުމުގައި މިހާރަށްވުރެ ރަނގަޅު ގޮތްތަކެއް ބޭނުންވޭ.

ކައުންސިލަށް ހޮވިއްޖެނަމަ، ރައްޔިތުންނަށް ދޭން ބޭނުންވާ އުފާވެރި ޚަބަރަކީ ކޮބައިތޯ:

އަޅުގަނޑު ހޮވައިފިނަމަ، ރައްޔިތުން އެދޭފަދަ ކުރިއެރުން ހޯދުމަށް މަސައްކަތް ކުރާނެކަމުގެ ޔަގީންކަން ދެން. އަޅުގަނޑަކީ ޒުވާނުންނާއެކު، އެމީހުންގެ ކަންކަން ކުރިއެރުވުމަށް މަސައްކަތް ކުރެވޭނެ މީހެއް. ޒުވާނުންގެ ކަންކަން ބަލާ ބައްދަލުކޮށް މަޝްވަރާކުރާނަން. އޭދަފުށިގެ ތަރައްޤީއަށްޓަކައި އަޅުގަނޑަށް ވޯޓެއް ދެއްވާ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top