ރައީސް ޔާމީން ނޫސްވެރިންނާއި ބައްދަލު ކުރައްވަނީ

217709_3_3a4834a5962335cad9ebc64bcb8b3927b8fa4ffa_medium.jpg

އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި ޕީޕީއެމްގެރައީސް ޔާމީން ސަލާން ކުރައްވަނީ - ފޮޓޯ : ހުސެން ވަހީދު /މިހާރު

ގިނަ ދުވަސް ތަކަކަށްފަހު ކުރީގެ ރައީސް، އަދި އިދިކޮޅު ލީޑަރު ރައީސް ޔާމީން މާދަމާރޭ ނޫސްވެރިންނާ ބައްދަލު ކުރައްވަން ނިންމަވައިފިއެވެ.

މިއީ ރައީސް ޔާމީން ކުރިން ތަންފީޒު ކުރައްވަމުން ގެންދެވި ޖަލު ހުކުމުން ސަލާމަތްވެ ވަޑައިގަތް ފަހުން ރަސްމީކޮށް ނޫސްވެރިންނާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ.

ޕީޕީއެމުން ބުނީ ރައީސް ޔާމީން ނޫސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައި ވަނީ މާދަމާ ރޭ 8:30 ގައި މ. ދިމްޔާތުގައި އޮންނާނެ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ހިޔާނާތުގެ ދައުވާތަކާ ގުޅޭ ޝަރީއަތްތައް މިހާރު ވެސް ކުރިއަށްދާ އިރު، އަންނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ވެސް ވަނީ ނިންމަވާފަ އެވެ.

ރިޔާސީ ޓިކެޓް ހަވާލުކުރުމަށް މި މަހުގެ 19 ގައި ހާއްސަ ޖަލްސާއެއް ވެސް ބާއްވަން މިހާރު އަންނަނީ ތައްޔާރު ވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top