ވޯލްޑްކަޕް ފެށުން އަވަސްކޮށްފި

th.jpg

މިއަހަރު ބާއްވަން ހަމަޖެހިފައިވާ ވޯލްޑްކަޕް 2022 ފުޓްބޯޅަ މުބާރާާތް ފެށުން އެއްދުވަސް އަވަސް ކޮށްފި އެވެ.

އަންނަ ނޮވެމްބަރު މަހުގެ 21 ވަނަ ދުވަހު ވޯލްޑުކަޕް ފަށަން ކުރިން ނިންމާފައި ވިޔަސް ފީފާއިން ގެނައި ބަދަލާއެކު ވޯލްޑްކަޕް ފަށާ ތާރީހަކީ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަސްކަމަށް ސްކައި ސްޕޯޓްސްއިން ރިޕޯޓު ކޮށްފައި ވެއެވެ.

ފީފާއިން އެގޮތަށް ނިންމީ މުބާރާތް ބާއްވާ ގައުމުކަމަށްވާ ގަތަރަށް މުބާރާތް ފެށުމުގެ ގޮތުން ފުރަތަމަ މެޗު ކުޅުމުގެ ފުރުސަތު ދިނުމުގެ ގޮތުންކަމަށް ވެސް އެނޫހުގައި ބުނެފައި ވެއެވެ.

މި ބަދަލާއެކު ފުރަތަމެ މެޗުގައި ގަތަރާ ދެކޮޅަށް ނޮވެމްބަރު 20 ވަނަ ދުވަހު ނުކުންނާނީ އެކުއެޑޯއެވެ. ކުރިން އެ މެޗު ތާވަލު ކުރެވިފައިވަނީ މުބާރާތުގެ ތިން ވަނަ މެޗުގެ ގޮތުގައި ނޮވެމްބަރު 21 ވަނަ ދުވަހުގެ ރާއްޖެ ގަޑިން 21:00 ގައެވެ.

ބައެއް ނޫސްތަކުން ބުނާ ގޮތުގައި އެ ބަދަލާއެކު ނެދަލެންޑާއި ސެނެގާލް ބައްދަލު ކުރާ މެޗު މިހާރު ތާވަލު ކުރެވިފައިވާ ގަޑިއަށް ބަދަލު އަންނާނެއެވެ. ކުރިން މުބާރާތުގެ ފުރަތަމަ މެޗުގެ ގޮތުގައި ތާވަލު ކުރެވިފައިވާ އެ މެޗު މުބާރާތުގެ ތިން ވަނަ މެޗަށް ބަދަލުކޮށް 15:00 ގައި ފަށަން ކުރިން ނިންމާފައިވާ މެޗު އެ ރޭ 21:00ގައި ފަށާ ގޮތަށް ބަދަލު ގެނެވޭނެކަމަށް ވެސް އޮންލައިން ނޫސްތަކުން ހާމަކުރެއެވެ.

މިއަހަރުގެ ވޯލްޑުކަޕަށް ގަތަރުން ބޮޑު ހޭދައެއް ކުރަމުން އއަންނަ އިރު އެ ގައުމުން އަންނަނީ ވޯލްޑްކަޕް ކުޅުމަށް އާ ސްޓޭޑިއަމް ތަކާއި އެކޮމަޑޭޝަން ބްލޮކްތަކުގެ އިތުރުން ވޯލްޑުކަޕަށް ހާއްސަކޮށް އެތައް ކަމެއް ކުރަމުންނެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top