އޭދަފުށީގައި މިއަހަރު ފިތުރުއީދު ނަމާދު ކުރާނީ ބޮޑު ޖަމާއަތުގައި

DSCN0527-800x600-800x600-1.jpg

ޝައިޚް އަބްދުލް މަޖީދު ، އޭދަފުށީގައި މިދިޔަ ބޮޑުއީދު ނަމާދު ބޮޑު ޖަމާއަތުގައި އިމާމްވެ ކުރައްވަނީ --އީވީ ފައިލް ފޮޓޯ

އޭދަފުށީގައި މިއަހަރުގެ ފިތުރު އީދުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ ބޮޑު ޖަމާއަތުގައި ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

އޭދަފުށީ ކައުންސިލުން ބުނީ މި އަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތުގައި ފުޓްބޯޅަ ދަނޑުގައި ކުރުމަށްހަމަޖެއްސީ ކައުންސިލާއި ޖަމިއްޔާ ތަކާއި މުއައްސަސާތައް ގުޅިގެން ކަމަށެވެ.

މިކަމާ ބެހޭގޮތުން ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ 1444ވަނަ އަހަރުގެ ފިތުރު އީދު ނަމާދު، ބޮޑު ޖަމާއަތުގައި ކުރަން ހަމަޖެހިފައިވަނީ އޭދަފުށީ ވެލި ދަނޑުގައި ކަމަށެވެ. އަދި ދަނޑު ތައްޔާރު ކުރުމަށް ގިނަ ބައެއްގެ އެހީތެރިކަން ބޭނުންވާތީ މިކަމުގައި އެހީތެރިވުމަށް ބޭނުންވާ މީހުން މިރޭ 21:00އަށް ވެލި ދަނޑަށް ހާޒިރުވުމަށް ވެސް ކައުންސިލުން އެދެއެވެ.

މިއަހަރުގެ ފިތުރު އީދު ދުވަސް ކަނޑައަޅާ ޖަލްސާކުރުން އޮންނާނީ މިރޭ 8:45 ގައި ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ ހާމަކުރައްވައެވެ.

އީދު ނަމާދު ކުރަން ފަށާނީ ހެނދުނު 7:30 ގައެވެ. ހުކުރު ނަމާދާއި ތަފާތުކޮށް އީދު ނަމާދުގައި ޚުތުބާ ކިއުން އޮންނަނީ ނަމާދުކޮށް ނިމިގެންނެވެ. ވުމާއެކު ގަޑިޖެހުމުގެ ކުރިން ނަމާދަށް ނުދެވިއްޖެނަމަ އީދު ނަމާދު ލައްވައެއް ނުލާނެއެވެ. ހުކުރު ނަމާދުގެ ޚުތުބާ ކިޔަން ފަށާ ފަހުން ދިޔަޔަސް އެނަމާދު ގައި ބައިވެރިވެވެއެވެ. ނަމަވެސް އީދު ނަމާދުގެ ޚުތުބާ ކިޔާފަހުން ނުވަތަ ޚުތުބާ ކިޔަނިކޮށް ދިޔަނަމަވެސް ލައްވައެއް ނުލާނެއެވެ.

ފަލަކީ ހިސާބުން ދައްކާގޮތުގައި މިއަހަރުގެ ފިތުރު އީދު ދުވަސް ރާއްޖެއަށް ދިމާވާނީ 21 އޭޕްރީލް 2023 ވާ ހުކުރު ދުވަހަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top