އަހަރު ނިންމާލަމުން ދިރާގުން ”އިޔާ އެންޑް ބޯނަސް“ ޕްރޮމޯޝަނެއް

large_163833356112lYwX.jpg

ދިރާގުން 'އިޔާ އެންޑް ބޯނަސް' ޕްރޮމޯޝަންގެ ނަމުގައި ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް، ދިރާގު ޓީވީ އަދި މޮބައިލް އޮފާތަކެއް ލޯންޗުކުރުމަށް އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން --- ފޮޓޯ: ދިރާގު

އަހަރު ނިންމާލަމުން ދިރާގުން އަހަރު ނިންމާލަމުން ދިރާގުން ”އިޔާ އެންޑް ބޯނަސް“ ޕްރޮމޯޝަންގެ ނަމުގައި ދިރާގު ހޯމް ފައިބާ ބްރޯޑްބޭންޑް، ދިރާގު ޓީވީ އަދި މޮބައިލް އޮފާތަކެއް ތައާރަފު ކޮށްފިއެވެ.

އެގޮތުން ”އިޔާ އެންޑް ޕްރޮމޯޝަން” ގެ ދަށުން ހައިސްޕީޑް ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް ގެއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް އަގުހުރި ފުރުސަތެއް ލިބިގެން ދާއިރު ފްރީ ސެޓްއަޕް އަދި ހިދުމަތަށް ބޭނުންވާ ހާއްސަ ވޮރެންޓީން 50 ޕަސެންޓް ޑިސްކައުންޓް ދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދިރާގު ޓީވީ އަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވެއެވެ. އެ ފަރާތްތަކަށް ޕްރީ ސެޓްއަޕް އަދި ފްރީ ޖޮއިބޮކްސް ލިބޭނެއެވެ.

ދިރާގު ޖޮއިބޮކްސްއަކީ މިހާރުވެސް 4ކޭ ޗެނަލްތައް ބަލާލެވޭ ޖޮއިބޮކްސްއެކެވެ. ޖޮއިބޮކްސް ތައްޔާރު ކޮށްފަ ހުރި ގޮތުން، ދޭތެރެ ދޭތެރެއިން ޖޮއިބޮކްސް ބަދަލު ކުރާކަށް އަދި އަޕްޑޭޓް ކުރާކަށް ނުޖެހެއެވެ. އަދި ފަހުގެ އެޕްތައްވެސް ބޭނުންކުރެވެއެވެ.

ތިން ވަނަ ޕްރޮމޯޝަނަކީ ދިރާގު މޯބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށާއި އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެކެވެ.

އެގޮތުން އެފަރާތްތަކުގެ ތެރެއިން 500 ރުފިޔާ އަށްވުރެ ދަށުގެ ޕެކޭޖެއް ނަގާ މީހުނަށް، ތިން މަސް ވަންދެން ކޮންމެ މަހަކު ޕްކޭޖް ޑޭޓާގެ އިތުރުން 1 ޖީބީ ހިލޭ ލިބޭނެއެވެ.

ފައް ސަތޭކަ ރުފިޔާއަށްވުރެ މަތީގެ ޕެކޭޖް ނަގާނަމަ ތިން މަސް ވަންދެން ކޮންމެ މަހަކު ތިން ޖީބީ ހިލޭ ލިބޭނެއެވެ.

އިއްޔެ ފެށުނު މި ޕްރޮމޯޝަން މި މަހުގެ ނިޔަލަށް ކުރިއަށް ދާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top