ރަށުން ބޭރުގައި ވަޒީފާ އަދާކުރާ ޓީޗަރުންނަށް އެލަވަންސެއް ދެނީ

b_PgDkCRf8LV1kVSJJOQCXfLZUA.jpg

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް -- ވަން ފޮޓޯ: މުހައްމަދު އައުޒަމް

ރަށްރަށަށް ޓީޗަރުން ނުލިބޭ ހާލަތުގައި އެ ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް އަންނަ އަހަރުން ފެށިގެން މުސާރައިގެ އިތުރުން ތިންހާސް ރުފިޔާގެ އެލަވަންސެއް ދޭން މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވީ، އެ އެލަވަންސަކީ، ބައެއް މާއްދާތައް ކިޔަވައިދިނުމަށް ބައެއް ރަށްރަށުގައި ޓީޗަރުން ހަމަނުވާތީ، އެފަދަ ރަށްރަަށަށް އެހެން ރަށްރަށުންދާ ޓީޗަރުންނަށް ދޭ އެލަވަންސެއް ކަމަށާއި އެލަވަންސްގެ ގޮތުގައި އަންނަ އަހަރުން ފެށިގެން ތިންހާްސް ރުފިޔާ ދޭނެ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު ރާއްޖޭގެ ބައެއް ސްކޫލުތަކަށް ބައެއް މާއްދާތައް ކިޔަވައިދޭން ޓީޗަރުން ނުލިބުމުން އިންޑިއާއިން ދިހަ ޓީޗަރަކު ގެނެސްފައިވެއެވެ. ނަމަވެސް އެ ޓީޗަރުންގެ ބަދަލުގައި ދިވެހި ޓީޗަރުން ހޯދުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން ނިންމާފައިވަނީ ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް އިތުރު އެލަވަންސެއް ދޭށެވެ. ނަމަވެސް އެލަވަންސްގެ ގޮތުގައި ދޭނީ ކިހާ އަދަދެއް ކަމެއް އޭރަކު ނުބުނެއެވެ.

މިނިސްޓަރު ވިދާޅުވީ، އެގޮތަށް ޓީޗަރުން ބޭނުންވުމުން އެޑިއުކޭޝަން މިނިސްޓްރީން އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރަށްރަށަށް ބަދަލުވާ ޓީޗަރުންނަށް ހާއްސަ އެލަވެންސެއް ދޭން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ކަމަށާއި އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ސްކޫލުތަކުގައި ކިޔަވައިދޭ ޓީޗަރުންގެ ފެންވަރު ރަނގަޅުކުރުމަށް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top