ބ. ޖުޑީޝަލް ދާއިރާއަށް އިސް މެޖިސްޓްރޭޓެއް ހޯދަނީ

big_CHiFdj4tKkdmrkD6yAUJ7ATMK-750x375.jpg

ބ. އަތޮޅު ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު ގެ މަގާމު ހުސްވެފައި ވާތީ އެމަގާމަށް މީހަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާން ކޮށްފިއެވެ.

ބ. އަތޮޅުގެ އިތުރުން ގދ، ނ، ވ، ށ އަދި ހއ ދާއިރާއަށް ވެސް އިސްމެޖިސްޓްރޭޓުން ހޯދަން ޖޭއެސްސީންވަނީ އިއުލާނު ކޮށްފަ އެވެ.

މި މަގާމުގެ މުސާރައާއި އިނާޔަތައް ބަލާއިރު އަސާސީ މުސާރައިގެ ގޮތުގައި 23,150 ރުފިޔާ ލިބޭނެއެވެ. އަދި ލިވިން އެލަވަންސްގެ ގޮތުގައި 4,000 ރުފިޔާ އާއި ރިސްކު އެލަވަންސްގެ ގޮތުގައި 800 ރުފިޔާ ކަނޑައަޅާފައިވެއެވެ. 

ހަމައެހެންމެ މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރާ މެޖިސްޓްރޭޓުންނަށް މަހަކަށް 1،500 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޖޭއެސްސީން ބުނީ މާލެ ފިޔަވައި އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުން ކަމަށް ބަލާނީ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާގެ އަމިއްލަ ރަށް ނޫން އެހެން ރަށެއްގައި ނުވަތަ އެމީހަކު ނުވަތަ އެ މީހެއްގެ އަނބިމީހާ ދިރިއުޅުން ހަމަޖެހިފައިވާ ރަށް ނޫން އެހެން ރަށެއްގައި މަސައްކަތް ކުރުމަށް ކަމަށެވެ. އަދި މި އެލަވަންސް ލިނޭނީ ހަމައެކަނި މެޖިސްޓްރޭޓުންނަށް ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން ބުނީ މި މަގާމަށް ކުރިމަތިލާ ފަރާތަކީ އެ ދާއިރާގެ ކޯޓެއްގެ އިސްމެޖިސްޓްރޭޓް ނުވަތަ މެޖިސްޓްރޭޓް ނުވަތަ ދާއިރާ މެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށް ވާން ޖެހޭނެ ކަމަށެވެ.

ދާއިރާގެ އިސްމެޖިސްޓްރޭޓްކަމަށް ޝައުގުވެރިވާނަމަ، ޑިސެންބަރު 9، 2021 ވަނަ ދުވަހުގެ 01:00 ގެ ކުރިން ސިޓީއަކުން އެކަން ޖުޑީޝަލް ސާވިސް ކޮމިޝަނަށް ހުށަހެޅުމަށް ޖޭއެސްސީން ވަނީ އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top