ތުންފަތް ރީތިކޮށްލާށެވެ.

P1090359.jpg

ތިޔަ އުޅެނީ ތުންފަތް ހިކޭތީހެއްޔެވެ؟ ނޫނީ ކަޅުވާތީހެއްޔެވެ؟ ނުވަތަ ތުންފަތުގައި ހުންނަންޖެހޭ އޮމާންކަމާ އޮފްކަން ނުހުންނާތީހެއްޔެވެ؟ ހާސްނުވާށެވެ. މި އުޅެނީ އެކަމަށް ޙައްލެއްހޯދައިދޭށެވެ.
ރީތި ތުންފަތުގައި ހުންނާނީ ފިނިފެންމާ ކުލަ ނުވަތަ ރަތްކުލަކަމަށް ތަޖްރިބާކާރުންބުނެއެވެ. ދުނިޔެއަށް އަންނައިރު ހުންނަނީ މިގޮތަކަށް ނޫން ހެއްޔެވެ؟ ބޮޑުވަމުންދާވަރަކަށް ތުންފަތުގެ އަސްލުކުލަގެއްލި ހިކިކުރޮޅިވެ ނުވަތަ ކަޅުވެ އޮފުކަންކެނޑި މިކަހަލަ ގޮތްތަކެއްދިމާވަނީ ދިރިއުޅުމުގައި ގެންގުޅޭ ނުބައި އާދަތަކެއްގެ ސަބަބުންނެވެ.

ތުންފަތްކަޅުވުމާއި ގެއްލުން ލިބެން ދިމާވާ ސަބަބުތަކުގެ ތެރޭގައި ހިމެނޭ އެންމެ މައިގަނޑު ކަންތަކުގެތެރޭގައި އަވީގެ އަލްޓްރާވައިލެޓާ އެލާޖިކްވުން ހިމެނެއެވެ. ފެންވަރުދަށް ލިޕްސްޓިކާ ބޭނުންކުރާ ކޮސްމެޓިކްސްގެ ގޮތުންވެސް ތުންފަތުގެ ރީތިކަން ގެއްލެއެވެ. ހަމަ އެގޮތަށް ދުންފަތުގެ އިސްތިއުމާލްކުރުމާ ކޮފީއާއިކަޅުސައި މާގިނައިން ބުއިމާއި ފިނިހޫނުމިން ތަފާތުވާ މާހައުލެއްގައި އުޅުމަކީވެސް ތުންފަތް ހިކުމާއި ކަޅުވުމަށް މެދުވެރިވާސަބަބެކެވެ. މީގެ އިތުރުން ސްޓްރެސްއާއި ނިދަން އޮންނައިރު ލިޕްސްޓިކް ރަނގަޅަށް ނުފިލުވާ ނިދުމާއި ގިނަދުވަހު ބަލިވެއުޅުމާ ހޯމޯން އިންބެލެންސްވުމުގެ ސަބަބުންވެސް ތުންފަތުގެ ރީތިކަން ގެއްލެއެވެ.

އެކަމަކު މިސަބަބުތަކާއެކުވެސް އަގުބޮޑު ބޭސްތަކާ ޑޮކްޓަރެއްގެ އެހީތެރިކަމާ ނުލާ ތުންފަތުގެ ރީތިކަންގެނެވިދާނެއެވެ. ދަންނަވާލަން މިއުޅެނީ ފަރުވާއެވެ.

ލުނބޯއާ ހަކުރު : ލުނބޯގައި ބްލީޗް އެކުލެވިފައިވާތީ ތުންފަތް ސާފުކޮށްލުމަށް މިއީ ވަރަށް ރަނގަޅުގޮތެކެވެ. ހަމައެކަނި ތުންފަތެއްނޫނެވެ. ހަށިގަނޑުގެ ހަމާ ބޮލާ ދަތްތަކަށް ވެސް ގިނަ ފައިދާ ތަކެއް ލިއްބައިދެއެވެ. ލުނބޯގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ހުންނާތީ އެއީ ރީތިވުމަށް ބޭނުންކުރާ ބިއުޓީ ޕްރޮޑަކްޓްސް އުފެއްދުމުގައި އެންމެ ގިނައިން ބޭނުންކުރާ އެކައްޗެވެ.

ތާޒާ ލުނބޯޖޫހުގައި ވަރަށް ބޭނުންތެރި ވަރުގަދަ އެސިޑެއް ހުންނާތީ ތުންފަތުގެ ފުރަތަމަ ލޭޔަރ ކަޅުވެފައިވާނަމަ އެކަމަށް މިއިން ފަރުވާ ހޯދިދާނެއެވެ. ލުނބޯގެ ތެރެއަށް ކުޑަހަކުރުކޮޅެއް އެއްކޮށްލުމުން ފަރުވާ އިތުރަށް ފުރިހަމަވާނެއެވެ. މީގެ ސަބަބުން ތުންފަތުގެ ވަށައިގެން މަރުވެފައިވާ ސެލްތަކުގެ ބަދަލުގައި އާ ސެލްތައް އުފެދި އިތުރަށް ތުންފަތަށް ތާޒާކަންވެސް ލިބޭނެއެވެ.

ރީތި ލުބޯއެއް ފަޅިކޮށްލާފައި ތުނިކޮށް ފޮއްޗެއް ނަގާށެވެ. އޭގައި ހަކުރުކޮޅެއް ހާކާލައިގެން ކޮންމެ ދުވަހަކުވެސް ތުންފަތުގައި ހާކާލާށެވެ. ކުޑަދުވަސް ކޮޅެއް ވަންދެން ނުވަތަ ބޭނުންވާ ވަރަށް ތުންފަތް ރީތިވަންދެންނެވެ. މާގިނަދުވަހެއް ނުނަގާނެއެވެ.

ބެރީސް : ބެރީސްއަކީ ވަރަށްރަނގަޅު ލިޕްބާމެއްވެސްމެއެެވެ. ސްޓްރޯބެރީ ނުވަތަ ރާސްބެރީއަކީ ވިޓަމިން އާއި މިނެރަލްސްއިން މުއްސަނދިވެފައިވާ މޭވާއަކަށްވާތީ ތުންފަތް ފުރިހަމަ ސިއްހަތުގައި ބެހެއްޓުމަށް ބެރީސް ބޭނުންކުރާށެވެ.
ބައިސަމުސާ ރާސްބެރީ ނުވަތަ ސްޓޯބެރީގެތެރެއަށް ކުޑަމާމުއިކޮޅަކާ އަދިލިބެންހުރިނަމަ އެލޯވީރާކޮޅެއްވެެސް އަޅާލައިގެން ރަނގަޅަށް އެއްކޮށްލާށެވެ.  މިކްރީމް ދިހަވަރަކަށް މިނިޓްވަންދެން ތުންފަތުގައި ހާކަމުންގެންދާށެވެ. ސާފު މަޑު ތުވާއްޔަކުން ނުވަތަ އިނގިލިން ތުންފަތް މަސާޖްކޮށްލާށެވެ. މިނިޓެއްހާއިރު މިކަން ކުރުމަށްފަހު ތާފަނާ ފެންކޮޅަކުންދޮވެލާށެވެ. ހަފްތާއަކު ތިންހަތަރުފަހަރު މިފަރުވާކޮށްލާށެވެ.

މާމުއި : ނިދަން އޮށޯތުމުގެ ކުރިން މާމުއިކޮޅެއްގެ ތެރެއަށް ކުޑަ ޔޯގަޓްކޮޅަކާއި ފުށްކޮޅެއް އަޅައިގެން އެއްކޮށްލުމުން އެއުފެއްދުނީ މޮޅު ލިޕް ޕޭސްޓެކެވެ. މި ޕޭސްޓް ތުންފަތުގައި އުނގުޅައިގެން 30-40 މިނިޓްވަންދެން މަޑުކޮށްލާށެވެ. އެއަށްފަހު ތާފަނާ ފެނުން ދޮވެލާށެވެ.

ބީޓްރޫޓް : ކަޅުވެފާ ހުންނަ ތުންފަތަށް މިއީ ރަނގަޅު ފަރުވާއެކެވެ. ހަމަ އެގޮތަށް ތުންފަތް ސާފުކޮށް ބެހެއްޓުމަށްވެސް ބީޓްރޫޓަކީ ރަނގަޅު އެއްޗެކެވެ. ތާޒާ ބީޓްރޫޓްޖޫސް ނިދުމުގެކުރިން ތުންފަތުގައި ހާކާލާށެވެ. ހެނދުނު ތެދުވެ ތާފަނާފެނުން ދޮވެލާށެވެ. ނުވަތަ ބީޓްރޫޓާ ކެރެޓް އެއްކޮށްގެން ޖޫސް ހަދާލައިގެން 10-15 މިނިޓްވަންދެން ދުވާލަކު އެއްފަހަރު މަޑުބުރުހަކުން ތުންފަތް މަސާޖްކުރަމުންގެންދާށެވެ. ނަތީޖާ ފެނުން ލަހެއް ނުވާނެއެވެ.

ކިއުކަންބާ : މިއީވެސް ގުދުރަތީ ބްލީޗް ނުވަތަ ލައްފިލުވާ އެއްޗަކަށް ވާތީ ތުންފަތް ސާފުކުރުމާ ތުންފަތުގާ ހުންނަ ރީތިކުލައަށް ދިއުމުގެ މަގު ފަހިކޮށްދޭ އެއްޗެކެވެ. ކިއުކަންބާ ފޮއްޗަކުން ފަސްމިނިޓްވަންދެން ތުންފަތުގައި ހާކާލާށެވެ. ނުވަތަ ކިއުކަންބާ ޖޫސްކޮޅެއް ހަދައިގެން ތުންފަތުގައި ފަސްމިނިޓެއްހާ އިރުވަންދެން ހާކަމުން ގެންދާށެވެ.ނަތީޖާ ފެންނާނެއެވެ.

ހަނދާންކުރައްވާށެވެ. މިފަދަ ފަރުވާ އަކުން ހަށިގަނޑުގެ އެއްވެސް ބަޔަކަށް ގެއްލުމެއް ނުލިބޭނެއެވެ. ބާޒާރުގައި ވިއްކަން ހުންނަ ރީތިވުމަށް ބޭނުންކުރާ ކޮންމެ އެއްޗެއްގައިވެސް ހެސްކިޔާފައި ކެމިކަލް ބޭނުންކޮށްފައި ހުރެއެވެ. އެފަދަ އެއްޗެއްބޭނުންކުރުމުގެ ބަދަލުގައި މިކަހަލަ ގުދުރަތީ މޭވާއެއް ނުވަތަ ތަރުކާރީ ބޭނުންކޮށްގެން ނެޗުރަލް ބިއުޓީއަކަށް ކޮންމެ މީހަކަށްވެސް ވެވިދާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top