ކުޑަރިކިލާއި ދޮންފަނާއި ކިހާދޫގެ ބަނދަރު ހަދަން ހަވާލުކޮށްފި

EhjEgadVgAASYxI.jpg

ބ.ކުޑަރިކާއި ދޮންފަނާއި ކިހާދޫ ބަނދަރު ހަދަން ހޯގާޑް ކުންފުންޏާ ހަވާލު ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވުން.

ބ. ކުޑަރިކިލާއި ދޮންފަނާއި ކިހާދޫގެ ބަނދަރު ހަދަން އެމްޓީ. ހޯގާޑް ކުންފުންޏާއި މިއަދު ހަވާލުކޮށްފި އެވެ.

މިކަމަށް ޚާއްސަކޮށް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓާ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގެވެ. އެމްޓީ ހޯގާޑް ގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިންގް ޑިރެކްޓަރ އިބްރާހީމް ޒަމީލެވެ.

މި ތިން ރަށުގެ ބަނދަރު ހަދަން ހޯގާޑް ކުންފުންޏާ ހަވާލުކުރީ 108.3 މިލިއަން ރުފިޔާ އަށް 381 ދުވަސް ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

މި މަޝްރޫއުއަށް ފަންޑު ކޮށްދެނީ އޯޕެކް ފަންޑު ފޮ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް (އޮފިޑް) އިންނާއި ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. އެއީ އޮފިޑުން 77 ޕަސެންޓް އަދި ދިވެހި ސަރުކާރުން 23 ޕަސެންޓެވެ.

މިމަޝްރޫއުގެ ދަށުން ކުޑަރިކިލުގެ 246 މީޓަރުގެ ބޮޑުހިލަ ބޭރުތޮށި ލުމާއި 316 މީޓަރުގެ އެއްގަމު ތޮށިލުމާއި 2ނެރު ބައްތި އާއި 16 ބަނދަރު ބައްތި އަދި 1580 އަކަ މީޓަރުގެ ޕޭމަންޓަކާއި އަށް މޫރިން ބްލޮކްސްގެ އިތުރުން 565،23 ކޮޑި މީޓަރުގެ ސަރަހައްދެއް ވެސް ފުންކުރާނެ އެވެ. އަދި 1500 ކޮޑި މީޓަރަށް ނެރު ފުންކުރުމާއި 215 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ވެސް މަޝްރޫއުގައި ވަނީ ހިމަނާފައެވެ.

ދޮންފަނުގެ ބަނދަރު ޕްރޮޖެކްޓުގައި 204 މީޓަރުގެ ބޮޑުހިލަ ބޭރު ތޮއްޓެއްލުމާއި 362 މީޓަރުގެ އެއްގަމު ތޮއްޓެއްލުމާއި 20 ނެރު ބައްތީގެ އިތުރުން 18 ބަނދަރު ބައްތި ޖަހައި، 1810 އަކަ މީޓަރުގެ ޕޭމަންޓެއް ލުމާއި ފަސް މޫރިން ބްލޮކްސް އާއި 380،28 ކޮޑި މީޓަރަށް ބަނދަރު ފުންކުރުން ހިމެނެއެވެ. އަދި ނެރު 500 ކޮޑިމީޓަރަށް ނެރު ފުން ކުރުމާއި 106 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖަހާނެ އެވެ.

ކިހާދޫ ބަނދަރު މަޝްރޫއުގައި ވާގޮތުން 350 މީޓަރުގެ ބޮޑުހިލަ ބޭރު ތޮށިލުމާއި 320 މީޓަރުގެ އެއްގަމު ތޮށިލުމުގެ އިތުރުން ދެ ނެރުބައްތި އާއި 17 ބަނދަރު ބައްތި ހަރުކުރާނެ އެވެ. އަދި 1600 އަކަމީޓަރު ޕޭމަންޓެއް ލުމާއި 22 މޫރިން ބްލޮކްސް އަދި 40،700 ކޮޑި މީޓަރަށް ބަނދަރު ފުން ކުރުން ހިމެނެ އެވެ. އަދި 6000 ކޮޑިމީޓަރަށް ނެރު ފުން ކުރުމާއި 225 މީޓަރުގެ ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top