ރާއްޖޭގައި ވިއްކަން ހުންނަ ބައެއްވައްތަރުގެ ކާބޯތަކެތިން ބަނގުރަލުގެ އަސަރު ފެނިއްޖެ

Kikkoman-Teriyake-Free-Samples-and-Coupons.jpg

ރާއްޖެއަށް އިމްޕޯޓްކޮށްގެން ވިއްކާ ބައެއްވައްތަރުގެ ކާބޯތަކެތީގައި އަލްކަހޯލް ނުވަތަ ބަނގުރަލުގެ އަސަރުހުރިކަން ފާހަގަ ވެއްޖެއެވެ.

މިކަމާ ގުޅިގެން ފުޑްއެންޑް ޑްރަގް އޮތޯރިޓީން (އެފްޑީއޭ )ނެރެ އާއްމުކޮށްފައިވާ ރިޕޯޓެއްގައބުނެފައިވަނީ ކާބޯތަކެތި ބަލައި ފާސްކުރުމަށް އެއޮތޯރިޓީން ކުރިއަށް ގެންދާ ޕްރަގްރާމްގެ ދަށުން ބެލި ބެލުމުން އިމްޕޯޓްކޮށްގެން ވިއްކަމުން ގެންދާ ބައެއްވައްތަރުގެ ކާބޯތަކެތީގައި”އަލްކަހޯލް” (ބަނގުރާ) އެކުލެވިގެންވާކަން ފާހަގަކުރެވިފައިވާކަމުގައެވެ. އެގޮތުން ކިއްކޯމަން ބްރޭންޑްގެ ޓެރިޔަކީސޯސް (marinate and sause)  (Teriyaki ) ) އާއި “ޔޫކާ ” ބްރޭންޑްގެ “ކެޕަން ސްޓިކް ” (kepang stick ) އާއި “ރަސާއަންގުރު ” (rasa anguru) މާޝްމެލޯގައި މިގޮތަށް ލޭބަލް ކުރެވިފައިވާކަމަށް އެފްޑީއޭގެ ރިޕޯޓްގައި ވެއެވެ.

އެފްޑީއޭ އިން އިލްތިމާސް ކޮށްފައިވަނީ މި ފަދަ އުފެއްދުންތައް ރާއްޖެ އެތެރެ ނުކުރުމަށާއި ވިއްކަން ވެސް ނުބެހެއްޓުމަށެވެ.

ހަމަމިއާއެކު އިމްޕޯޓްކޮށްފައި ހުންނަ ކާބޯތަކެތި ބޭނުންކުރާ ފަރާތްތަކުން އެބޭނުން ކުރުމުގެ ކުރީގައި ލޭބަލް ރަނގަޅަށް ބެއްލެވުމަށްފަހު ނޫނީ ބޭނުންނުކުރުމަށްވެސް އެދިވަޑައިގެންފައި ވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top