ފިޔާގެ އަގު ބޮޑުވެއްޖެ

DSCN8030.jpg

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެތެރެކުރަމުން އަންނަ އިންޑިޔާއިން ފިޔާ ލިބުން ދަތިވެ މާލޭ ބާޒާރުގައި ފިޔާ ބަސްތާއެއްގެ އަގު 400 ރުފިޔާއަށް އުފުލިއްޖެއެވެ.

މާލޭ ބާޒާރުގައި މުދަލުގެ އަގަށް އަންނަ ކޮންމެ ލޮޅުމެއްގެ އަސަރު ރާއްޖެތެރޭގެ ފިހާރައަށްވެސް ވަގުތުން ވަގުތަށް ކުރަމުން ދެއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، މި އަހަރުގެ މެދުތެރެއިން ފެށިގެން އިންޑިއާއިން ފިޔާ ލިބުން ދަތިވެފައިވެއެވެ. އެހެންކަމާއެކު ކުރިން 15 ރުފިޔާއަށް ވިއްކަމުން އައި ފިޔާ ކިލޯއެއް މިހާރު މާލޭ ބާޒާރުގައި ވިއްކަން ހުރީ ހުރީ ވިއްކަމުންދަނީ 18 ރުފިޔާއަށެވެ. 25 ކިލޯގެ ފިޔާ ބަސްތާއެއް މިހާރު ވިއްކަމުންދަނީ 350-395 ރުފިޔާއާ ދޭތެރޭގައެވެ. ކުރިއަސް އިތް ތަނުގައި ފިޔާ ކިލޯއެއް 25 ރުފިޔާއަށް އުފުލިދާނެ ކަމަށް ވެސް ފިޔާ އިމްޕޯޓު ކުރާ ބައެއް ވިޔަފާރިވެރިން ބުނެއެވެ.

ހޯލްސޭލްކޮށް ފިޔާ ފިހާރަތަކުން އަގުބޮޑުކޮށް ފިޔާ ވިއްކަމުންދިޔަ ނަމަވެސް އެސްޓީއޯއިން އަދިވެސް ފިޔާ ވިއްކަމުންދަނީ 18 ރުފިޔާއަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top