ކޮވިޑް ފެސިލިޓީގައި އޮތް އަންހެނަކު ނުކުމެ ރަށުތެރޭގައި. އަނބުރާ ފެސިލިޓީއަށް

DSCN9334.jpg

ބ.ރީޖަނަލް ކޮވިޑް ސެންޓަރ

އޭދަފުށީގައި ހުންނަ ޒޯން ބީ ރީޖަންގެ ކޮވިޑް ފެސިލިޓީގައި އެޑްމިޓް ކޮށްފައި އޮތް ޒުވާން އަންހެން ކުއްޖަކު ފެސިލިޓީން ނުކުމެ ރަށުތެރޭގައި އުޅެނިކޮށް ހޯދައި އަނބުރާ ގެންގޮސް ފެސިލިޓީގައި އެޑްމިޓްކޮށްފިއެވެ.

މި ރީޖަންގެ ރަށަކަށް ނިސްބަތްވާ މި އަންހެން ކުއްޖާ ހޮސްފިޓަލުން ނުކުމެފައިވަނީ ކޮވިޑަށް ފަރުވާ ހޯދުމަށް ވޯޑުގައި އެޑްމިޓް ކޮށްފައި ތިބި އެއާއިލާގެ އެހެން މީހުންނަށް ފަރުވާ ދިނުމުގެ މަސައްކަތުގައި ނަރުހުން އުޅެނިކޮށް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

“ކޮވިޑް ފެސިލިޓީގައި މިވަގުތު ފަރުވާ ދެމުން ގެންދަނީ އެ އަންހެން ކުއްޖާ ހިމެނޭ ގޮތަށް އެ އާއިލާގެ ހަތަރު މީހުންނަށް. އެމީހުންގެ ކަންތަކުގައި ނަރުހުން އެޓެންޑް ވެގެން އުޅެނިކޮށް އެކުއްޖާ ނުކުމެގެން ދިޔައީ.” މިއަދު މެންދުރު ހިނގާ ދިޔަ މިކަންތަކުގެ ތަފްސީލު ދެމުން ބ.އަތޮޅު ހޮސްޕިޓަލުން ބުންޏެވެ.

ހޮސްޕިޓަލުނ ބުނީ ފެސިލިޓީން ނުކުތުމާއެކު އެކަން އެނގިގެން ވަގުތުން އެކުއްޖާ ހޯދުމުގެ މަސައްކަތް ފެށި ކަމަށެވެ. އަދި ގިނަ އިރުތަކެއް ނުވެ ރަށުގެ އިރުމަތީކޮޅުން އޭނާ ފެނިގެން ޕޮލިހުންގެ އެހީތެރިކަމާއެކު އަނބުރާ ފެސިލިޓީއަށް ގެންދިޔައެވެ.

ބ.އަތޮޅު ހޮސްޕިޓަލުގައި ގާއިމް ކޮށްފައިވާ ކޮވިޑް ފެސިލިޓީ ޚާއްސަ ކޮށްފައިވަނީ ނ، ރ، ބ، ޅ  އަތޮޅު ހިމެނޭ ސަރަހައްދުގެ ރަށްރަށަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top