މޯލްޑިވިއަންގެ ދަތުރުތައް އަލުން ދަރަވަންދުއަށް

20191229_094421.jpg

މޯލްޑިވިއަންގެ ފްލައިޓެއް ދަރަވަންދޫގައި / އީވީ ފޮޓޯ: އަބްދުލްޤައްޔޫމް

ދިވެހި ގައުމީ އެއާލައިން، މޯލްޑިވިއަން އިން އަލުން ބ. ދަރަވަންދުއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.

މޯލްޑިވިއަން އިން މިކަމާބެހެ މައުލުމާތު ހާމަ ކުރަމުން ބުނީ އަންނަ ޖޫން މަހުގެ 15 ވަނަ ދުވަހުން ފެށިގެން ދަރަވަންދުއަށް އަލުން ދަތުރުތައް ފެށޭނެ ކަމަށާއި ފަށާ ދަތުރުތައް ކުރާނީ ޚާއްސަ ފެއާއެއްގައި ކަމަށެވެ.

އެ ދަތުރުތަކަށް މިއަދުން ފެށިގެން މިއަދުން ފެށިގެން ވަނީ ޓިކެޓް ވިއްކަން ފަށާފައެވެ. މޯލްޑިވިއަންގެ ވެބްސައިޓް، މޯބައިލް އެޕް، ކޯލް ސެންޓަރު އަދި ހުއްދަ ދީފައިވާ އެޖެންޓުން މެދުވެރިކޮށް ޓިކެޓް ގަނެވޭނެއެވެ.

ދިގު މުއްދަތަކަށް ފަހު ދަރަވަންދޫއަށް އަލުން ދަތުރުތައް ފަށާއިރު ކޮންމެ ދުވަހަކު ފްލައިޓެއް ބާއްވާނެ ކަމަށް މޯލްޑިވިއަނުން ބުންޏެވެ.

މޯލްޑިވިއަން އިން ބުނީ، ކުރިއާލައި ޓިކެޓް ނެގުމުން 15-5 އިންސައްތައާ ދެމެދުގެ ޑިސްކައުންޓެއް ދޭނެ ކަމަށެވެ. އެގޮތުން އެއްކޮޅު ޓިކެޓުގެ އަގަކީ 1125 ރުފިޔާ ނަމަވެސް ކުރިއާލައި ޓިކެޓް ނަގާނަމަ 859 ރުފިޔާއަށް ލިބޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މޯލްޑިވިއަންއިން ދަރަވަންދުއަށް ކުރިން ކުރަމުން އައި ދަތުރުތައް ހުއްޓާލީ 2019ވަނަ އަހަރު މަންޓާ އެއާގެ ދަތުރުތައް އެ އެއާޕޯޓަށް ފެށުމާ ގުޅިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top