ހޮސްޕިޓަލްތަކުގެ އޮނިގަނޑަށް ބަދަލެއް. އިދާރީ ހުރިހާ މުވައްޒަފުން އެއްމަގާމަކަށް

242315281_2046690205484944_5849699720190717619_n.jpg

ފޮޓޯ : ބ.އަތޮޅު ހޮސްޕިޓަލް، އެފްބީ

ސަރުކާރުން ހިންގާ ހޮސްޕިޓަލް ތަކާއި ސިއްހީ މަރުކަޒުތަކުގެ ހުރިހާ މުވައްޒަފުން އެއް މަގާމަކަށް ގެނައުމުގެ ގޮތުން އަތޮޅު ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތަކުގެ އިދާރީ މުވައްޒިފުންގެ މަގާމުގެ ނަން އެއް ނަމަކަށް ބަދަލުކޮށް އިދާރީ ހުރިހާ މުވައްޒަފުން މަލްޓި ޓާސްކްކޮށްފިއެވެ.

ހެލްތު މިނިސްޓްރީން ބުނީ ހޮސްޕިޓަލްތަކުގެ ފްރޮންޓް އޮފީސް މެނޭޖްމަންޓް ޔުނިޓަށް މުވައްޒަފުން ހޯދަން މީގެ ފަހުން އިއުލާނު ކުރާނީ ކަސްޓަމާ ސާވިސް އޮފިސަރުންގެ މަގާމަށް ކަމަށެވެ. އެއީ ކޭޝިއަރުކަމާއި، ޑޮކްޓަރުންގެ ތަރުޖަމާނުކަން ފަދަ މަގާމުތައް އެއްކޮށްލުމަށްފަހު އުފައްދާފައިވާ މަގާމެކެވެ.

ހޮސްޕިޓަލް ތަކުގެ އިދާރީ އޮނިގަނޑަށް 14 މާޗް 2021 އިން ފެށިގެން މި ބަދަލު ގެންނަން ނިންމާފައި ވިޔަސް އަދިވެސް މިކަން އޮތީ ތަންފީޒުނުވެ އެވެ.

ކަސްޓަމާ ސާވިސް އޮފިސަރުގެ މަގާމަށް މިހާރު ތިބި މުވައްޒަފުން ބަދަލު ކުރި ނަމަވެސް މިހާރު އިދާރީ މަގާމުތަކުގައި ތިބި އެއްވެސް މުވައްޒަފެއްގެ މަގާމަކަށް ނުވަތަ ރޭންކަށް ބަދަލު ނާންނާނެ އެވެ. އަދި އެއްވެސް މީހެއްގެ މުސާރައަށް ވެސް ބަދަލެއް ނާންނާނެ ކަމަށް ހެލްތު މިނިސްޓްރީގެ މީޑިއާ އޮފިޝަލް ފާތިމަތު ޝޫބާ ވިދާޅުވި އެވެ.

އެހެންނަމަވެސް އެ މަގާމުތައް ހުސްވުމުން ދެން ހޮސްޕިޓަލްތަކަށް އަލަށް ނަގާނީ މި އޮނިގަނޑުގެ ދަށުން ކަސްޓަމާ ސާވިސް އޮފިސަރުންގެ މަގާމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

މި އޮނިގަނޑާއެކު ހާއްސަކޮށް ރަށްރަށުގެ ހޮސްޕިޓަލްތަކާއި، ހެލްތު ސެންޓަރުތަކުގައި ދެމުން އަންނަ ހިދުމަތްތައް އަވަސްވެގެން ދާނެ ކަމަށް އޭނާ ގަބޫލު ކުރައްވާކަމަށާ މުވައްޒަފުން މަދުވެގެން ހޮސްޕިޓަލުން ދެމުން އަންނަ ހިދުމަތެއް ހުއްޓުމަކަށް ނައިސް، ތިބި މުވައްޒަފުންގެ ބޭނުންކޮށްގެން ހުރިހާ މަސައްކަތެއް ކުރުމަށް މަގުފަހިވެގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top