ބ.އަތޮޅުން ގްރީން ފަންޑަށް 7.5މިލިޔަން ރުފިޔާ

242174_3_ef86d80ec145b5d34bc744601d074a728477d715_medium.jpeg

ބ.އަތޮޅު-- ފޮޓޯ :ދި އެޑިޝަން .

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކުހުން މިދިޔަ ނޮވެމްބަރު މަހު ބ.އަތޮޅުން 7.5 މިލިޔަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ނޮވެމްބަރު މަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާ ގޮތުން މިދިޔަ ނޮވެމްބަރު މަހު ބ.އަތޮޅުން ގްރީން ޓެކްސް އަށް 7.5 މިލިޔަން ރުފިޔާ ލިބިފައިވާއިރު އެންމެ ގިނައިން ގްރީން ޓެކްސް ދައްކާފައިވަނީ މާލެ އަތޮޅުންނެވެ. މި އަތޮޅުގެ ރިސޯޓުތަކުން ގްރީން ޓެކުހުގެ ގޮތުގައި 25 މިލިއަން ރުފިޔާ އަދި ގެސްޓްހައުސް ތަކުން 724,499.19ރ. ދައްކާފައިވެ އެވެ. މި އަތޮޅުން ޖުމްލަ ގްރީން ޓެކުހުގެ ގޮތުގައި 26 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ބ.އަތޮޅުން ޖުމްލަ 7.5 މިލިޔަން ރުފިޔާ ލިބިފައިވާ އިރު އެއީ ހަތަރުވަނަ އަށް އެންމެ ބޮޑު އަދަދަކުން ގްރީން ޓެކްސް ދެއްކި އަތޮޅުކަން ފާހަގަ ކުރެވެއެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ ލިބިފައިވަނީ 75 މިލިއަން ރުފިޔާ އެވެ. މީގެ ތެރޭގައި ގެސްޓްހައުސްތަކުން ލިބުނު 1.9 މިލިއަން ރުފިޔާ އާއި ހޮޓާތަކުން ލިބުނު 1.9 މިލިއަން ރުފިޔާ އަދި ރިސޯޓު ތަކުން ލިބުނު 70 މިލިއަން ރުފިޔާގެ އިތުރުން، ސަފާރީތަކުން ލިބުނު 1.5 މިލިއަން ރުފިޔާ ވެސް ހިމެނެ އެވެ.

ނޮވެމްބަރު މަހުގެ ނިޔަލަށް މި ފަންޑުގެ ޖުމްލަ އަދަދަކީ 840 މިލިއަން ރުފިޔާ އެވެ. އަދި ފަންޑަށް ނޮވެމްބަރުގެ ނިޔަލަށް 707 މިލިއަން ލިބިފައިވާއިރު ފަންޑުން 412 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.

ގްރީން ޓެކްސް ނަގަން ފެށީ އޮކްޓޯބަރު 2016 އިން ފެށިގެންނެވެ.

ގްރީން ޓެކުހުގެ ގޮތުގައި ރިސޯޓު ތަކަށް އަންނަ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަ އެވެ.

ގްރީން ޓެކުހުގެ އާމްދަނީ ޖަމާކޮށްގެން އުފައްދާފައިވާ އެ ފަންޑުން ހަރަދުކުރަނީ ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމުގެ މަޝްރޫއުތަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top