އިނގުރުފެން. އަވަހަށް ބަރުދަން ލުއިކުރުމުގެ އިތުރުން ގިނަ ފައިދާތަކެއް

Benefits-of-Ginger-and-Ginger-Juice-833x500.jpeg

އަދުގެ ދުނިޔެއަށް ބަލާއިރު އެންމެ ގިނަ މީހުން ކަންބޮޑުވެފައިވާ އެއް މައްސަލަ އެއްގެ ގޮތުގައި ބަރުދަން އިތުރު ވުން ހިމެނެއެވެ. ކަންނެތް ދިރިއުޅުމާ ލިބިފައިވާ ތަނަވަސް ކަމުގެ ސަބަބުން އަސްލު ނޫން ތަކެތި ބޭނުންކޮށްގެން އުފައްދާފައިވާ ކާނާ ބޭނުންކުރުމާއި ހަށިގަނޑު ބޭނުންވާ ވަރަށް ވުރެ އިތުރަށް ކެއިންބުއިމުގެ އާދަތައް ގެންގުޅުމީ ބަރުދަން އިތުރުވާ މައިގަނޑު ސަބަބެވެ.

އެފަދަ މީހުންނަށް ޑޮކތަރުންދޭ އިންޒާރާއި ހަށިގަނޑު ހުތުރުވެގން އައުމުގެ ސަބަބުން އެމީހުންގެ ވިސްނުމުގެ އަމާޒު އޮންނަނީ ބަރުދަން ލުއި ކުރެވޭނެ ކުރު އަވަސް މަގެއް ހޯދުމެވެ. ކަސްރަތު ކުރުމުން ހިތް އެދޭހައި އަވަހަށް ބަރުދަން ލުއި ނުވުމުގެ ޝަކުވާ އާއެކު އެކަން ދުވަސްކޮޅަކުން ހުއްޓިދެއެވެ. އެހެންވީމާ އަވަހަށް ބަރުދަން ލުއިކޮށްލަން ބޭނުންވާ މީހުންނަށް މިއޮތީ ރަނގަޅު ފަރުވާއެކެވެ. އިނގުރު ފެން ތައްޔާރުކޮށްލައިގެެން ބޯންވީއެވެ.

އިނގުރު ފެނަކީ ސިއްހީ ގޮތުންވެސް އެތައް ފައިދާތަކެއް އެކުލެެވޭ އެއްޗަކަށްވެފައި އިނގުރު ފެން ބޮއިގެން ހަށިގަނޑަށް ރަނގަޅު ބަދަލު އަންނައިރު އެކަމުން އިތުރު ގެއްލުން ނުލިބުމަކީ މިކަމުގައި އޮތް އެންމެ އުފާވެރި ޚަބަރެވ. މީގެ އިތުރުން އާއްމުކޮށް އިނގުރު ކާނަމަ ލޭ މައްޗަށް ދިއުން ކޮންޓްރޯލްވުމާއި ކޮލޮސްޓްރޯލް ލެވެލް ދަށް ކޮށްދިނުން ހިމެނެއެވެ. އަދި ހަށިގަނޑުގައި އުފެދޭ ތަފާތު ތަދުތައް ކެނޑުމާއި ހުޅު ހުޅުގައި ރިއްސާ މީހުންނަށްވެސް އިނގުރު ފެނަކީ ރަނގަޅު ފަރުވާ އެކެވެ. އަދި އަރިދަފުސްރޯގާއާއި ކެއްސުމާއި މޫސުމީ އެކިއެކި ރޯގާތަކުން ދިފާއުވުމާއި ހަޖަމުގެ މައްސަލަ އުޅޭ މީހުންނަށްވެސް އިނގުރުން ފަރުވާ ހޯދިދާނެއެވެ.

އިނގުރު ފެން ތައްޔާރު ކުރާނޭ ގޮތް                                     އިނގުރު ކޮޅު ތުނިކޮށް ކޮށާލާފައި 1.5 ލިޓަރު ތާފަނާ ފެނުގެ ތެރެއަށް އަޅައިގެން 15 މިނިޓް ވަންދެން މިކްސްޗަރއަކުން ރަނގަޅަށް އެއް ކޮށްލާށެވެ. އެއަށްފަހު ފިނި ކޮށްލަން އައިސް އަލަމާރީގައި ބެހެއްޓިދާނެއެވެ. ބޯން ބޭނުންވީމާ ލުބޯ ޖޫސްކޮޅަކާއެކު އެއްކޮށްލައިގެން ބޭނުންކުރެވިދާނެއެވެ. އެއީ ހަމައެކަނި ރަހަ މީރު ކޮށްލުމަށެވެ.                                    މަސްދަރު : ހެލްތް އެން ލައިފް

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top