މި މަހުގެ 28 އާއި 29ވެސް ސަރުކާރު ބަންދު

big_77Ip0zA25I5MAXp.jpg

ރައީސް އޮފީސް

މި ހިނގާ ޖުލައި މަހުގެ 28 އާއި 29 ވަނަ ދުވަހަކީވެސް ސަރުކާރު ބަންދު ދެ ދުވަސް ކަމުގައި ރައީސް އޮފީހުން ހަމަޖައްސަވައިފި އެވެ. މި ގޮތަށް ހަމަޖެއްސުމާއެކު އީދު ބަންދާއި މިނިވަން ދުވަހުގެ ބަންދު ދުވަސްތައް އެއްކޮށްލުމުން ޖުމްލަ 16 ދުވަހުގެ ދިގު ޗުއްޓީއެއް ލިބޭގޮތް މިވަނީ ވެފައެވެ.

ރައީސް އޮފީހުން ބުނީ، ރައީސް އެގޮތަށް ހަމަޖައްސަވައިދެއްވާފައި ވަނީ އަޟްޙާ އީދާއި، މިނިވަން ދުވަހާ ގުޅިގެން ޗުއްޓީގައްޔާއި އެނޫން އެހެން ބޭނުންތަކުގައި ރަށުން ބޭރަށް ދާން ބޭނުންވާ މުވައްޒަފުންނަށް ދަތިތަކެއް ކުރިމަތިވެދާނެތީ، އެކަމަށް ލުޔެއް ދެއްވުމުގެ ގޮތުންނާއި، ބަންދު ދުވަސްތައް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭގޮތަށް ހަމަޖައްސަވައި ދެއްވުމުގެ ގޮތުން ކަމަށެވެ.

އަދި މިގޮތަށް ހަމަޖެއްސެވުމުން، ބަންދު ދުވަސްތަކަށް ފަހު ސަރުކާރުގެ އޮފީސްތައް ދެން ހުޅުވޭނީ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ކަމަށް ވެސް ރައީސް އޮފީހުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top