ހަރަކާތްތެރި ނުވާ ޖަމިއްޔާތަކަށް އިތުރު ފުރުސަތެއް

big_nt8y0tlcW5mOJO0hvMMVQXRJP.jpg

ފޮޓޯ: އަވަސް

ރަޖިސްޓްރީ ކޮށްފައިވާ މަދަނީ ޖަމިއްޔާތަކުގެ ތެރެއިން 1200 ޖަމިއްޔާ ހަރަކާތްތެރި ނުވާތީ އުވާލުމުގެ ކުރިން ލިޔެކިޔުންތައް ފުރިހަމަކޮށް ކަންކަން އިސްލާހުކުރަން އިތުރު ފުރުސަތު ދީފި އެވެ.

ޔޫތު މިނިސްޓްރީން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، ޖަމިއްޔާތަކުގެ ގާނޫނުގެ ދަށުން އިންއެކްޓިވް ޖަމްއިއްޔާތަކުން ލިޔެކިޔުން ފުރިހަމަ ކުރުމަށްޓަކައި އިތުރު ފުރުސަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ.

މި ފުރުސަތު ދޭން ނިންމީ، ސަރުކާރުން މަދަނީ ޖަމްޢިއްޔާތައް ބާރުވެރިކޮށް، އެހީތެރިކަން ފޯރުކޮށް ދިނުމުގެ މަގުސަދުގައި ކަމަށް އިއުލާންގައި ބުނެފައިވެއެވެ.

ޔޫތު މިނިސްޓްރީން ބަލަހައްޓަމުން ގެންދާ ޖަމިއްޔާތަކުގެ ދަފުތަރުގައި ގާތްގަނޑަކަށް 2،250 ޖަމިއްޔާ ހިމެނެ އެވެ.

މަދަނީ ޖަމިއްޔާތަކުގެ ގާނޫނާ އެއްގޮތަށް ހިންގަމުން ނުދާ ޖަމިއްޔާތައް އުވާލަން މަދަނީ ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ބާރު އޮވެ އެވެ.

ލިޔެކިޔުންތައް ފުރިހަމަކުރަން ބޭނުންވާ ޖަމިއްޔާތަކަށް އެ ފުރުސަތު ދީފައިވަނީ އަންނަ އަހަރުގެ މެއި ނުވަވަނަ ދުވަހުގެ ނިޔަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top