ފުލުހުންގެ ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

4prJCZojmajbHEzpJ0Sn98Iz3YzEZj5mbsLzi0Pd.jpg

ފުލުހުންގެ ވަޒީފާއަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ވަޒީފާއަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި ހިނގާ އޭޕްރީލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މެއި މަހުގެ 22 ވަނަ ދުވަހުގެ 16:00 އާ ހަމައަށެވެ.

ފުލުހުންގެ “ޕޮލިސް ރެކްރޫޓް” ގެ މަގާމަށް އެދި ހުށަހަޅާ މީހުންގެ ޝަރުތު ތަކުގެ ތެރޭގައި ޖީ.ސީ.އީ އޯ ލެވެލް އިމްތިހާނުގެ ތިން މާއްދާއިން ދަށްވެގެން “ސީ” ފާސް ލިބިފައިވާ ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތާ ގުޅުންހުރި ދާއިރާއެއްގައި ދެއަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވާ މީހުންނަށް ވާންޖެހެއެވެ. އެއާއެކު އިސްކޮޅުގައި ފިރިހެނެއްނަމަ 5 ފޫޓް 3 އިންޗި އަދި އަންހެން ނަމަ 5 ފޫޓް ހުންނަން ޖެހެއެވެ.

އަދި މީލާދީގޮތުން 18 އަހަރާއި 30 އަހަރާ ދެމެދުގެ މީހަކަށް ވުމާއެކު، އޭނާގެ ކުށުގެ ރެކޯޑެއް ވޭތުވެދިޔަ ފަސް އަހަރު އޮވެގެން ނުވާނެއެވެ. އޭގެ އިތުރުން ސިޔާސީ ޕާޓީއެއްގެ ދަފްތަރުގައި އޭނާގެ ނަން އޮވެގެން ނުވާނެއެވެ.

މީގެ އިތުރުން ވަޒީފާއަށް އެދޭ މީހާއަކީ ވޭތުވެދިޔަ 5 އަހަރުދުވަހުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ މީހަކަށް ނުވުމާއި ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީ ކޮށްފައިވާ މީހަކަށް ނުވުމާއި ފުލުހުންގެ ތަމްރީނު ފުރިހަމަކުރެވޭ ފަދަ ދުޅަހެޔޮ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހެއެވެ.

ފުލުހުން ބުނީ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ފޯމާއި ލިޔެކިއުންތައް ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް، ނުވަތަ އަތޮޅުތަކުގައި ގާއިމްކުރެވިފައިވާ ސްޓޭޝަންތަކުގެ ރިސެޕްޝަނަށް ހުށަހަޅަން އެދޭ ކަމަށެވެ އަދި ޝަހީދު ހުސައިން އާދަމް ބިލްޑިންގެ ރިސެޕްޝަނުންނާއި ވެބްސައިޓުން ފޯމް ލިބޭނެ ކަމަށްވެސް ފުލުހުން ބުންޏެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top