އަންނަ އަހަރު، ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވާނެ- އެޑިއުކޭޝަން

2-baa-atoll-education-centre.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ބައެއް ޓީޗަރުންނާއި ދަރިވަރުން

ދިރާސީ އާއަހަރު ސްކޫލްތަކަށް ގެންނަ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ރޭ ޓީވީއެމްގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެޓްރީ އަހުމަދު އަލީ ވިދާޅުވީ، ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބިދޭސީ ޓީޗަރުން ބޭރުން ގެންނަންޖެހޭ ކަަމަށާއި ނަމަވެސް މިއަހަރު ރާއްޖެއަށް ގެންނަ ބިދޭސީ ޓީޗަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވެގެންދާނެ ކަމަށެވެ.

ރާއްޖޭގެ ސްކޫލުތަކަށް ބޭނުންވާ ޓީޗަރުންގެ އަދަދު މިދިޔަ އޭޕްރީލް މަހު ކަނޑައަޅައި ނިންމައިފައިވާ ކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ ތައުލީމީ ދާއިރާގައި މިހާރު ތިބި މުވައްޒަފުންގެ އަދަދު ބަަލައި އިތުރަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ދެނެގަނެފައިވާ ކަމަށެވެ. އެހެންކަމުން އިތުރަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ފިނޭންސް މިނިސްޓްރީން ހޯދަންޖެހޭ ހުއްދަތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވިއެވެ.

އަހުމަދު އަލީ ވިދާޅުވީ މިއަހަރު ރާއްޖެ އިން ބޭރުން ގެންނަ ބިދޭސީ ޓީޗަރުން މަދުވުމުގައި މައިގަނޑު ދެ ސަބަބެއް އެބައޮތް ކަމަށެވެ. އޭގެތެރޭގައި މިދިޔަ އަހަރާއި މިއަހަރު ލިބުނު ދިވެހި ޓީޗަރުންގެ އަދަދު އިތުރުވުމާއި މުސާރައަށް އައި ހެޔޮ ބަދަލާއެކު ކުރިން ތައުލީމީ ދާއިރާގައި އުޅެފައި ތިބި މީހުން އަލުން ދާއިރާ އާއި ގުޅުމަށް ޝައުގުވެރިކަން ފާޅުކުރުން ހިމެނޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް އޭނާ ވިދާޅުވީ މިއަހަރު ދާއިމީ މުވައްޒަފުން ނުލިބޭތީ 600 އަށްވުރެ ގިނަ ރިލީފް ޓީޗަރުން ނުވަތަ ވަގުތީ ޓީޗަރުން މިއަހަރު ނަގަންޖެހުނު ކަމަށާއި އެގޮތުން 216 ސްކޫލުގައި 600 އަށް ވުރެ ގިނަ ރިލީފް ޓީޗަރުން ކިޔަވައިދީފައިވާ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top