އީދު ފާހަގަކުރުމަށް ށ..އަތޮޅު ކައުންސިލުން އަތޮޅުގެ ކޮންމެ ރަށަކަށް ފަސްހާސް ރުފިޔާ

IMG_20220526_053816_415-ppz7cktwvkkqmwyjktsgvb06yz5l6318fcmz3rerh0.jpg

ށ. އަތޮޅު ކައުންސިލްގެ މެންބަރުން

އަންނަ ބޮޑު އީދު ކުލަގަދަކޮށް ފާހަގަކުރުމަށް ށ.އަތޮޅު ކައުންސިލުން އެ އަތޮޅުގެ ކޮންމެ ރަށަކަށް،  ފަސްހާސް ރުފިޔާ ދޭން ނިންމައިފި އެވެ.

ސ.ކައުންސިލުގެ ރައީސް މުހައްމަދު ޝިޔާމް ”ތިލަދުން“ އޮންލައިން އަށް ވިދާޅުވީ ށ. އަތޮޅުގައި މިއަހަރުގެ ބޮޑު އީދު ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމަށް ކައުންސިލުތަކުން ކުރަމުން ގެންދާ މަސައްކަތްތަކަށް ހިތްވަރު ދިނުމަށް އަތޮޅު ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައި ވާކަމަށެވެ.

އެގޮތުން މި އަހަރުގެ ބޮޑުއީދުގައި ދިވެހި ސަގާފީ ކުޅިވަރުތައް ދިރުވައި އާލާ ކުރުމަށް ހިތްވަރު ދިނުމުގެ ގޮތުން ށ ކައުންސިލުން އަތޮޅުގެ ކޮންމެ ރަށަކަށް ފަސް ހާސް ރުފިޔާ ދިނުމަށް އަތޮޅު ކައުންސިލުން ނިންމާފައިވާ ކަމަށް ރައީސް ޝިޔާމް ވިދާޅުވިއެވެ.

ށ.އަތޮޅު ރަށްރަށުގެ ކައުންސިލުތަކަށް ތަފާތު ގިނަ ދާއިރާ ތަކަކުން އެހީތެރިކަން ފޯރުކޮށް ދިނުމުގައި އަތޮޅު ކައުންސިލުން އަންނަނީ މިހާރުވެސް ނަމޫނާ ދައްކަމުންނެވެ.

މީގެ އިތުރުން އަތޮޅުގެ ހުރިހާ ރަށެއްގައި ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާ އިން ގުޅުން ބަދަހިކޮށް ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް އަތޮޅު ކައުންސިލުން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top