ރިވެޓްމެންޓް ޖަހާގޮތާމެދު ހިތްހަމައެއް ނުޖެހޭ- ހައުސިންގމިނިސްޓަރ

image-c9ff89fafa19643a62052b91b816d4b655da6bebb5fa90a6e47a59cead5fce68-V.jpg

6 ޖެނުއަރީ '16 . އޭދަފުށީގައި ރިވެޓްމަންޓް ޖަހަމުން އަންނަ ސަރަހައްދު ހައުސިންގ މިނިސްޓަރާއި އޭދަފުށީ ދާއިރާގެ މަޖްލިސް މެންބަރު އަހްމަދު ސަލީމު ބައްލަވާލައްވަނީ. ފޮޓޯ: އަލީ ޝަފީގު

އޭދަފުށިގައި ބިންހިއްކާފައިވާ ސަރަހައްދުގެ ވަށައިގެން ރިވެޓްމަންޓްޖެހުމުގެ ދެވަނަފިޔަވަހީގައި މިމަސައްކަތް ހަވާލުކޮށްފައިވާ އެމްޓީ ހޯގާޑްގެމަސައްކަތުގެ ފެންވަރާމެދު ހިތްހަމަނުޖެހޭ ކަމަށް ހައުސިންގ މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ މި މަސައްކަތް ކުރިއަށް ދާ ގޮތް ބައްލަވާލެއްވުމަށް އޭދަފުށްޓަށް ވަޑައިގެން މަސައްކަތް ހިނގާގޮތް ބައްލަވާލެއްވުމަށްފަހުއެވެ.

ހައުސިންގ މިނިސްޓަރ އޭދަފުއްޓަށް ވަޑައިގަތީ ހޯގާޑް ކުންފުނިން ރިވެޓްމަންޓްޖަހާގޮތާމެދު ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށް މިކަން ސަރުކާރުގެ ސަމާލުކަމަށް ގެނައުމާގުޅިގެންނެވެ.

ހޯގާޑުން ރިވެޓްމަންޓްޖަހަމުން އަންނަ ސަރަހައްދަށް ވަޑައިގެން މަސައްކަތް ބައްލަވާލެއްވުމަށް ފަހު އޭދަފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި މިނިސްޓަރ ވިދާޅުވީ ހޯގާޑްކުންފުނީގެ މަސައްކަތާ ،އޭދަފުށީީގެ އުތުރުފަރާތުގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތްކުރި ހެވީފޯސްކުންފުނީގެ ޑިޒައިންގައި ތަފާތު ހުރުމަކީ މައްސަލައެއްކަމަށް ދެކެވަޑައިނުގަތަސް މަސައްކަތުގެ ފެންވަރާމެދު އެއްގޮތަކަށްވެސް ހިތްޕުޅު ހަމަޖެހިވަޑައި ނުގަންނަވާކަމުގައެވެ. އަދި މިއީ ހަމައެކަނި އޭދަފުށީގައި ދިމާވެގެންއުޅޭ ކަމެއް ނޫންކަމާއި މި ކުންފުނިން މީގެ ކުރިން މަސައްކަތް ކުރި ދ. މީދޫގައިވެސް މައްސަލަދިމާވެފައިވާކަމުގައެވެ.

” އަޅުގަނޑުމެން އޮންނާާާާާނީ މީދުގައި ހުރި މައްސަލަތައްވެސް ރަނގަޅު ކުރުމަށް އަންގާފައި .އެހެންނަމަވެސް މަސައްކަތުގެ ބައެއް ރަނގަޅުކޮށްފައި އަދިވެސް މުޅި މަސައްކަތް އެއްކޮށް ރަނގަޅު ކޮށްފައެއްނުވޭ. ” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރ ، އޭދަފުށީގެ ރައްޔިތުންނަށް ޔަގީންކަންދެއްވީ ރިވެޓްމަންޓްގެ މަސައްކަތުގެ ފެންވަރު ރަނގަޅުކުރާނެކަމަށާއި އެކަން ކުރުމަށް އެފަރާތަށް އަންގައި ، މިނިސްޓްރީން ގަބޫލުކުރާ ފެންވަރު ނުވަތަ ދެފަރާތުން އެއްބަސްވެފައިވަ ގޮތަށް މަސައްކަތް ކުރުމުން ނޫނީ މި މަސައްކަތް ބަލައި ނުގަނެވޭނެ ކަމުގައެވެ.

މިދަތުރުގައި ބައިވެރިވެވަޑައިގެންނެވި ރައްޔިތުންގެ މަޖްލީހުގެ އޭދަފުށި ދާއިރާގެ މެންބަރު އަހްމަދު ސަލީމު ވިދާޅުުވީ ހޯގާޑް މީހުންގެ މަސައްކަތް ކަމުނުދާކަމަށް ރައްޔިޔުންނަށްް ފެނުނު ހިސާބުން ފެށިގެން އެކަން ވާނީ ސަރުކާރުގެ ސަމާލުކަމްށް ގެނެސްފައި ކަމުގައެވެ.

“ދުވަހުން ދުވަހަށް އަޅުގަނޑު ދިޔައީ ހައުސިންގ މިނިސްޓަރަށާއި އިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ އަށް މިކަން ހިއްސާ ކުރަމުން. އެންމެފަހުން ސީދާ ރައީސް އެދިވަޑައިގަތީ ހައުސިންގމިނިސްޓަރާއެކު އަޅުގަނޑުވެސް އައިސް މަސައްކަތް ހިނގާގޮތްބެލުމަށް. ” ސަލީމު ވިދާޅުވިއެވެ. image-a78573493e794e88e2a2fbd371cbc2b5fdaed89b31fc90a277d85315096bc111-V

ސަލީމުވެސް ރައްޔިތުންނަށް ޔަގީންކަންދެއްވީ މިމަސައްކަތް ކުރެވެމުންދާނީ އޭދަފުށީރައްޔިތުން އެދޭ ގޮތަށް ކަމަށާއި މަސައްކަތް ނިމޭއިރު ހުންނާނީ ރައްޔިތުން ބޭނުންވާ ފެންވަރުގައިކަމަށެވެ.

މި ދަތުރުގައި ރައްޔިތުންގެ މަޖްލީހުގެ ބާރަށުދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުގެ އިތުރުން ހައުސިން މިނިސްޓްރީގެ ޑެޕއުޓީ މިނިސްޓަރ އަބްދުﷲ މުއްތަލިބުއާއި އެމިނިސްޓްރީގެ އިންޖިނޭރަކުވެސް ބައިވެރިވެ ވަޑައިގަތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top