ކުރިއަށް އޮތް ދެ ދުވަހު ވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް މޫސުން ގޯހެވެ.
މެޓް އޮފީހުން ވަނީ ހދ. އަތޮޅުން ފެށިގެން ވ. އަތޮޅަށް މިއަދު އިރުއޮއްސި 6:00 ޖަހަން ދެން ވައިޓް އެލާޓްވެސް ނެރެފަ އެވެ. އެ ވަގުތުތަކުގައި ބޯކޮށް ވާރޭވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
މެޓް އޮފީހުން ބުނީ މާދަމާ ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ ރަށްތަކަށް ގުރުގުރުމާ އެކު ބޯކޮށް ވާރޭވެހޭނެ ކަމަށާއި އަދި ދެކުނުގެ އަތޮޅުތަކަށްވެސް ކެރީގެ އަސަރު ކުރާނެ ކަމަށެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެފައިވާތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މޫސުން ސަމާލުވެގެން ނޫނީ ދަތުރުތައް ނުފެށުމަށް ކަމާ ގުޅޭ އިދާރާތަކުން ވެސް ގެންދަނީ އިލްތިމާސް ކުރަމުންނެވެ.