ރައީސް ޔާމީނަށް އިންސާފު ނުލިބޭތީ އިދިކޮޅުން ޖުމްހޫރީ މައިދާނަށް

big_4UdDIJYEaJilXzheVcohfOY0b.jpg

އިދިކޮޅު ކޯލިޝަނުގެ ލީޑަރުން ޖުމްހޫރީ މައިދާނުގައި: ފޮޓޯ ޕީޕީއެމް

ޕީޕީއެމް ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބޭތީ ރައީސް ޔާމިން ދޫކޮށްލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޖުމްހޫރީ މައިދާނުގައި މިއަދު ހަވީރު އިށީދެއްޖެއެވެ.

ޖުމްހޫރީ މައިދާނުގައި މިވަގުތު ތިއްބެވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދުގެ އިތުރުން މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ތޯރިގު ހިމެނެ އެވެ.

އެބޭފުޅުން ވިދާޅުވީ އެ ބޭފުޅުން ޖުމްހޫރީ މައިދާނަށް އައީ ރައީސް ޔާމީނަށް އިންސާފު ހޯދައިދިނުމަށް ދައުލަތުގެ އިދާރާތަކަށް ހާޒިރުވެގެން އެއްވެސް އަލިމަގެއް ނުފެނުމުން އިހްތިޖާޖު ކުރުމުގެ ގޮތުން ކަމަށެވެ.

ވ. އާރަށުގެ މައްސަލައިގައި ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ޖަލުހުކުން ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާއިރު، އެ މައްސަލައިގެ އަޑުއެހުންތައް ފެށުން ލަސްވާކަމަށް ބުނެ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އިދިކޮޅުން ތުހުމަތުކުރާ ގޮތުގައި ހައިކޯޓުގައި އޮތް ރައީސް ޔަމީންގެ އިސްތިއުނާފް މައްސަލަ މަޑުޖައްސުވާފައި އޮތީ ބަޔަކު ގަސްދު ގައެވެ. މައްސަލަ މިވަގުތަށް މަޑުޖެހިފައިވަނީ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމާ ގުޅިގެންނެވެ.

މިއަދު ކްރިމިނަލް ކޯޓުގައި ވެސް ވަނީ ފުއްގުރި މައްސަލައިގައި އަޑުއެހުން ކުރިއަށް ގެންގޮސްފައެވެ.

ޕީޕީއެމުގެ ރިޔާސީ ކެނޑިޑެޓަކީ ރައީސް އަބްދުﷲ ޔާމިން ކަމަށް ކަނޑައަޅާފައިވާއިރު، މިމަހުގެ 23 ވަނަ ދުވަހު ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ކެނޑިޑެސީ ލުމަށް ހުޅުވާލާނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top