ކޮވިޑްގެ ނުރައްކާ ނެތް ރަށްރަށުގެ މިސްކިތްތައް ހުޅުވާލަނީ.

QPWQXD1yNoKDAYn.jpg

ރައީސް އިބްރާހީމް މުހައްމަދު ސާލިހް

ކޮވިޑްގެ ނުރައްކާ ނެތް ރަށްތަކުގައި ޖަމާއަތުގައި ނަމާދު ކުރުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މީގެ އިރުކޮޅެއް ކުރިން ގައުމާ މުޚާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، ކޮވިޑް ނެތް ރަށްރަށުގައި ލުއިތަކެއް ދިނުމަށް މިހާރު ނިންމާފައިވާ ކަމަށާއި އެގޮތުން އެންމެ ފުރަތަމަ ކަމަކަށް މިހާރު ވިސްނާފައި އޮތީ، ބަލި ނެތް ރަށްރަށް، ވީ އެންމެ އަވަހަކަށް ޢާއްމު ހާލަތަކަށް ގެންނަން ކަމަށެވެ.

ރައީސް ވިދާޅުވީ އާއްމު އުސޫލުން އެފަދަ ރަށްރަށުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރެވޭނެ ގޮތް ހަމަޖެއްސުމާއި ވިޔަފާރިތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށެވެ.

ރައީސް އިތުރަށް ވިދާޅުވީ ސިއްހީ ބޭފުޅުން ލަފަޔާ އެއްގޮތަށް، މިހާރު އަޅާފައިވާ ފިޔަވަޅުތައް، ރައްޔިތުންގެ އެއްބާރުލުމާ އެކު، ރަނގަޅަށް ތަންފީޒުވަމުން ދާނަމަ، މާލެ ސަރަޙައްދުގައި އޮތް ފުރަބަންދުގެ މުއްދަތު ހަމަވުމުން، ލުއިތަކެއް ދިނުމަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.

އެގޮތުން މާލެ ސަރަޙައްދުން ފުރަބަންދުގެ ޙާލަތަށް ލުޔެއް ދޭއިރު، އެކަންކުރާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށާއި މިގޮތުން ފުރަތަމަ ކަމަކީ، ގެއިން ބޭރަށް ނުކުމެ އުޅުމަށް ލުއިތަކެއް ދިނުމާއި، މިހާރަށް ވުރެ ފަސޭހަ އިންތިޒާމަކުން ޢާންމު ވިޔަފާރިތަކަށް ފުރުޞަތު ހުޅުވާލުން ކަމަށް ރައީސް ވިދާޅުވިއެވެ.

“އަދި އެހެން ފިޔަވަހިތަކުގައި މީހުން އެއްވެ އުޅުމުގެ ކަންކަމަށް ލުއިތަކެއް ދެވޭނެ. އެ ގޮތުން، މިސްކިތްތައް ހުޅުވާލައި، ހޮޓާތަކާއި ކެފޭތައް ހުޅުވުމަށާއި ސްކޫލްތަކުގެ ކިޔަވައިދިނުން ފެށުމަށް ވެސް، ވަކި އިންތިޒާމުތަކެއްގެ ދަށުން ހުއްދަ ދެވޭނެ.” ރައީސް ވިދާޅުވިއެވެ.

ރައީސް ސޯލިހު ވިދާޅުވީ ފުރަބަންދަށް ދެވޭ ލުއިތަކުގެ ސަބަބުން ރާއްޖޭގައި މި ބަލީގެ ހާލަތު އިތުރަށް ގޯސްވާ ނަމަ، ފުރަބަންދުގެ ހާލަތަށް އެނބުރި ދާންޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ފުރަބަންދަށް ދެވޭ ލުއިތަކަކީ، ކުރިން އުޅެމުން ދިޔަ އާއްމު ދިރިއުޅުމަށް މުޅިން ބަދަލުވުން ކަމުގައި ދެކިގެން ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top