އޭދަފުށި ރަހަ : އާސިޔަތުގެ ބަދިގެއިން ޗިކަން ޕަފް

viber_image_2020-05-21_11-45-04.jpg

ފުއްގަނޑު ހެދުމަށް

1.5 ޖޯޑު ފުށް

125 ގްރާމް ބަޓަރު

ފުށްގަނޑު މޮޑުމަށް

އައިސްފެން

½ ސައިސަމުސާ ލޮނު

(މިގޮތަށްް ފުށްގަނޑު ތައްޔާރު ކުރުުމުގެ ބަދަލުގައި ފިހާރަ ތަކުގައި ވިއްކަން ހުންނަ ރެޑީމޭޑް ފަރާޓާ ފުށްގަނޑުވެސް ބޭނުން ކުރެވިދާނެއެވެ. )

ހުރިހާ އެއްޗެއް ސަމުސަލަކުން އެއްކޮށްލުމަށްފަހު ފުށްގަނޑު 1ގަޑިއިރުވަންދެން ފްރިޖްގައި ބާއްވާލަންވާނެ އެވެ.

މަސްގަނޑު ހެދުމަށްބޭުންވާ ތަކެތި

250 ގްރާމް ކުކުޅު

1 ފިޔާ

1 ސައިސަމުސާ އިނގުރު (ގާނާފައި)

1 ސައިސަުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި)

½ ޖޯޑު ކެރެޓް (ތުނިކޮށް ކޮށާފައި)

1 ލީކްސް (ކުޑަ)

1 ކެޕްސިކަމް

1 ސައިސަމުސާ މުގުރި އަސޭމިރުސް

1 އަލުވި (ފެނުކައްކާފަ ކުދިކޮށް ކޮށާފަ)

1 މޭޒުމަތީ ސަމުސާ ޗިލީ އެންޑް ގާލިކް ސޯސް

1 ސައިސަމުސާ ލުނބޯ ހުތް

1 ސައިސަމުސާ މިކްސްޑް ހާރބްސް

ރަހަލާ ވަރަށް ލޮނު

ތައްޔާރު ކުރާ ގޮތް

ކުކުޅު ކުދިކޮށް ކޮށާލުމަށްފަހު ލޮނު، ލުނބޯ ހުތް އަދި އަސޭމިރުސް ކޮޅާ އެއްކޮށްލާފައި 15 މިނިޓްވަންދެން ބަހައްޓާލާށެވެ. ކުޑަ ތެޔޮކޮޅެއްގެ ތެރެއަށް ފިޔާ އަޅާލުމަށްފަހު މަޑުގިނީގައި ކައްކާލާށެވެ. އޭގެ ތެރެއަށް ލޮނުމެދު، އިނގުރު، ލީކްސް، ކެރެޓް، އަދި ކެޕްސިކަމް އަޅައިގެން މީރު ކޮށްލާށެވެ. ކުކުޅުކޮޅު ރޯފިލުމުން ފެނުކެއްކި އަލުވި ކޮޅާ ސޯސްކޮޅު އަދި މިކްސް ހާބްސް ކޮޅު އަޅާލާފަ ލޮނު ހެޔޮވަރު ކޮށްލާށެވެ.

ޕަފް ހެދުމަށް

ފުށްގަނޑު ރޮއްޓެއް ހެން 1/2 ސމ. ހުންނަ ވަރަށް ދަމާލާށެވެ. ދެން އޭގެ ތެރެއަށް ތައްޔާރު ކުރި ކުކުޅު ކޮޅު އަޅާލާފައި އޮޅާލާށެވެ.

ޕަފްގެ މަތިގައި ކުކުޅު ބިހުގެ ގޮބޮޅި ހާކާލުމަށްފަހު 200ޑިގްރީގައި 20 މިނިޓް ވަންދެން ފިހެލާށެވެ.

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top