ބ. އަތޮޅު ތައުލީމީ މަރުކަޒުން ބެޓްމިންޓަން ތަށި މިލްކު ކޮށްފި

67389809_3073136192712910_4742563593310961664_o.jpg

ބ. އޭދަފުށީގައި ހުރި އޮފީސްތަކަށް ހުޅުވާލައިގެން އޭދަފުށީގައި ކުރިޔަށް ގެންދިޔަ ބެޑްމިންޓަން މުބާރާތުގެ ޗެންޕިއަންކަން ޖެހިޖެހިގެން 3 ވަނަފަހަރަށް ބ. އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފިއެވެ.

އޭދަފުށީ ޔޫތް ސެންޓަރުގައި ރޭ ކުޅެވުނު ފޯރިގަދަ މެޗުތަކަކަށްފަހު ޗެންޕިއަންކަން ތައުލީމީ މަރުކަޒުން ހޯދީ ބޭންކް އޮފް މޯލްޑިވްސް އޭދަފުށީ ބްރާންޗް ބަލިކޮށްގެންނެވެ. ރޭ ފައިނަލްގައި ކުޅެވުނު ހަތްމެޗްގެ ތެރެއިން 4 މެޗް ތައުލީމީ މަރުކަޒުން ކާމިޔާބު ކުރިއިރު، ބީއެމްއެލް އަށް ކާމިޔާބުކުރެވުނީ 3 މެޗެވެ.

ފައިނަލް މެޗަށް ފަހު އޮތް މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ޗެމްޕިއަން ޓީމަށް ޓްރޮފީއާއި މެޑަލް އަދި ފައިސާގެ އިނާމު ހަވާލުކޮށްދެއްވީ ބ. އަތޮޅު ކައުންސިލުގެ ރައީސް މަބްރޫކް ނަސީރެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top