ދިރާގުގެ ބައެއް ޚިދުމަތްތަކަށް ބުރޫއަރައިފި

dhiraagu-1.jpg

ރާއްޖޭގައި މުވާސަލާތީ ޚިދުމަތް ދޭ އެންމެ ދުވަސްވީ ކުންފުނި، ދިރާގު ބައެއް ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ.

އެކުންފުނިން ބުނީ ބައެއް ޚިދުމަތްތައް ދިނުމުގައި މިދުވަސްކޮޅު ދަތިތަކެއް މެދުވެރިވެފައިވާ ކަމަށާ އެކަން މެދުވެރިވެގެން އުޅެނީ އެ ކުންފުނުން ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމުގެ މަސައްކަތްތަކެއް ކުރާތީ ކަމަށެވެ.

ދިރާގުން ބުނީ، އެ ކުންފުނީގެ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ބިޒްނަސް ސަޕޯޓް ސިސްޓަމް އަޕްގްރޭޑްގެ ދެވަނަ މަރުހަލާގެ މުހިންމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ދިރާގުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ އަޕްގްރޭޑްގެ މަސައްކަތަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް އެކުލެވިގެންވާ އަދި ގިނަ މަރުހަލާތަކަކަށް ބެހިގެންދާނެ މަސައްކަތްތަކެއް ކަމަށެވެ.

“މި ދުވަސްކޮޅު ކަސްޓަމަރުންނަށް ބައެއް ޚިދުމަތްތައް ބޭނުންކުރުމުގައި ދިމާވަމުންދާ ދަތިތަކަކީ މި އަޕްގްރޭޑް މަސައްކަތާ ގުޅިގެން ދިވާމަމުންދާ ދަތިތަކެކެވެ.” ދިރާގުން ބުންޏެވެ.

ބުރޫއަރާނެ ބައެއް ހިދުމަތްތައް:

– ރީލޯޑް އަދި ރީޗަރޖް އާއި ގުޅޭ ހިދުމަތްތައް
– މޮބައިލް އެޑް އޮންސް އަދި މޮބައިލް ޕެކޭޖް ބަދަލުކުރުން
– ދިރާގު ވެބްސައިޓްގައި، “މައި އެކައުންޓް” އަދި ދިރާގު މޮބައިލް އެޕް
– މަމެން މޮބައިލް އެޕް (ބިލްޑް އަދި ޓޭކްބެކް ފީޗާ)
– ދިރާގު ކަސްޓަމާ ސާވިސް ސެންޓަރުތައް އަދި ދިރާގު ޕާޓްނާޝޮޕް ތަކުން އާ މޮބައިލް ހިދުމަތް ހޯދުމާއި މޮބައިލް ބިލަށް ފައިސާ ދެއްކުން
– މޮބައިލް ނަންބަރު ޕޯޓަބިލިޓީ

އެހެން ނަމަވެސް ކަސްޓަމަރުންނަށް ޑޭޓާ، އެސްއެމްއެސް އަދި ވޮއިސް ކޯލްގެ ހިދުމަތައް ބޭނުން ކުރެވެނޭ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން ބުނީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް އަޕްގްރޭޑްގެ މަސައްކަތް ކުރިއަށް ގެންދާ ވަގުތުތަކުގައި ބައެއް ހިދުމަތްތައް ބޭނުން ކުރުމުގައި ދަތިތަކެއް މެދުވެރިވެދާނެ ކަމަށާ އެހެން ނަމަވެސް އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top