ކުޑަރިކިލުގެ ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް ފަށައިފި

IMG_20210206_125013000.jpg

ކުޑަރިކިލުގެ މަގެއް

ބ.ކުޑަރިކިލުގެ ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި ކަމަށް ފެނަކަ އިން ބުނެފި އެވެ.

ކުޑަރިކިލުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ މަސައްކަތް ކުރުމަށް ވަނީ ފެނަކަ ކޯޕަރޭޝަންއާ މިދިޔަ އަހަރު ހަވާލުކޮށްފައެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ ކުޑަރިކިލުގައި އެންމެ ފުރަތަމަ ކުރިއަށްދާނީ އާރުއޯ ބިލްޑިންގ އިމާރާތް ކުރުމުގެ މަސައްކަތްކަމަށާއި އެގޮތުން އެ މަސައްކަތް ކުރުމަށް ބޭނުންވާ ސާމާނު މިހާރު އެރަށް ގެންގޮސްފައިވާ ކަމަށެވެ. އަދި މަސައްކަތް މެދުނުކެނޑި ކުރިއަށް ގެންދެވޭ ގޮތަށް ސާމާނު އެރަށަށް ފޮނުވުމަށް ޝެޑިއުލްކޮށްފައިވާކަމަށް ފެނަކައިން ބުންޏެވެ.

ކުޑަރިކިލުގައި މީގެ 13 އަހަރު ކުރިން ޤާއިމް ކޮށްފައިވާ ނަރުދަމާ ނިޒާމަށް އެކިއެކި މައްސަލަތައް ކުރިމަތިވަމުން ދާކަމަށް އެރަށު ކައުންސިލުން އެކި ފަހަރުމަތިން ވަނީ ހާމަކޮށްފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top