އިމާރާތް ކުރަން ސޮނެވާ ގައި މިހާރު ބޭނުންކުރަނީ ވެލީގެ ބަދަލު ގައި ބިއްލޫރި

E_fngXgWUAkM7EZ.jpg

މުގުރާފައި ހުރި ބިއްލޫރި: ވެލީގެ ބަދަލުގައި ސިމެންތި ގެށުމުގައި ބޭނުން ކުރަނީ ހިމުން ކުރި ބިއްލޫރި -- ފޮޓޯ: ސޯނޫ ޝިވްދަސާނީ

ރިސޯޓު ވިޔަފާރީގައި ރާއްޖޭގައި ނަންހިނގާ ސޮނެވާ ކުންފުނީގެ ރިސޯޓު ތަކުގައި އިމާާރާތް ކުރުމަށް ވެލީގެ ބަދަލުގައި ބޭނުން ކުރަނީ ހިމުންކޮށް މުގުރާފައި ހުންނަ ބިއްލޫރި ކަމަށް ސޮނެވާ ގެ ސީއީއޯ ސޯނޫ ސިވްދަސާނީ ވިދާޅުވެއްޖެ އެވެ.

ސޯނޫ ކުރެއްވި ޓުވިޓެއްގައި ބުނެފައިވަނީ ސޮނެވާގެ ރިސޯޓްތަކުގައި ސިމެންތި ގެށުމަށާއި ގާ އެޅުމުގައި މިހާރު ބޭނުން ކުރަނީ ބިއްލޫރި ކަމަށެވެ. އެހެންކަމުން ތަންތަނުން ވެލި ނަގައިގެން ގެނައުމުގެ ބޭނުމެއް ނެތް ކަަމަށް އޭނާ ވިދާޅުވި އެވެ.

ސިމެންތި ގެށުމަށް ބިއްލޫރި ބޭނުން ކުރުމަކީ ދުނިޔޭގައި އާ ކަމަކަށް ނުވިޔަސް ރާއްޖޭގައި މިއީ އަލަށް ކުރެވޭ ކަމެކެވެ. ވެލީގެ ބަދަލުގައި ބިއްލޫރި ބޭނުން ކުރަން ފެށީ ގޮނޑުދޮށުންނާއި ފަޅުތަކުން ވެލި ނެގުމުގެ ސަބަބުން ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ.

ސިމެންތި ގަށާއިރު އަޅާ ބިއްލޫރި ހުންނަނީ ކަށިވެލި ހުންނަ ވަރަށް އެ މުގުރައިގެންނެވެ. ވެއްޔަކީ ސިމެންތީގެ ބާރު ވަރުގަދަ ކުރުމަށް ބޭނުން ކުރާ އެއްޗަކަށް ވެފައި ބިއްލޫރި ފުނޑުކޮށްގެން ބޭނުންކުރުމުން ވެސް އެ ބާރު ލިބޭކަމަށް ދިރާސާތަކުން ދައްކަ އެވެ.

ސޮނެވާއިން މި ކަމަށް ބޭނުން ކުރަނީ އެ ކުންފުނީގެ ރިސޯޓުތަކުގައި ބޭނުންކޮށް އުކާލާ ބިއްލޫރި ފުޅިތަކެވެ. މިކަމަށް ހާއްސަ ވޯކްޝޮޕެއް ވެސް ސޮނެވާ ފުށީގައި ވަނީ ހަދައިފަ އެވެ.

ސޮނެވާ ފުށީގެ “އާޓް އެންޑް ގްލާސް ސްޓޫޑިއޯ” އަކީ ބިއްލޫރި ރިސައިކަލް ކުރުމަށް ހާއްސަކޮށްގެން ހުޅުވި ތަނެކެވެ. މި ތަނުގައި “ގްލާސް ބްލޯއިން” ނުވަތަ ބިއްލޫރިން ތަކެތި އުފެއްދުމުގެ ހިދުމަތް ދެ އެވެ. މިއީ އެ ރިސޯޓަށް ދާ ޓޫރިސްޓުންނަށް އެކްޓިވިޓީއެއްގެ ގޮތުގައި ކޮށްލެވޭނެ ކަމެކެވެ.

ސޮނެވާ އިން ބުނި ގޮތުގައި އެ ކުންފުނީގެ ރިސޯޓުތަކުން އުފައްދާ ކުނީގެ 90 ޕަސެންޓް އެ ކުންފުނިން ރީސައިކަލް ކުރެ އެވެ. އެގޮތުން، ދަނޑުވެރިކަން ކުރުމުގަ އާއި އުފެއްދުންތެރިކަމުގެ އެކި ކަންކަމުގައި އެ ތަކެތި ބޭނުންކޮށް އުޅެ އެވެ.

އެ ކުންފުނިން ވަނީ ދާދި ފަހުން ސޮނެވާ ފުށީގައި “މޭކާސް ޕްލޭސް”ގެ ނަމުގައި ވެސް ރީސައިކަލް ކުރުމަށް ހާއްސަ ސްޓޫޑިއޯއެއް ވެސް ހަދައިފަ އެވެ. އެ ތަނުގައި ތަކެތި ތައްޔާރު ކުރަނީ އެއްފަހަރު ބޭނުން ކުރުމަށް ފަހު އުކާލާ ޕްލާސްޓިކުންނެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top