ފެނަކަ އިން ދޭންޖެހޭ ފައިސާ ތަކެއްގެ މައްސަލައިގާ ފެހެންދޫ ގައި މުޒާހަރާ ކޮށްފި

fenaka-e1631799291151.jpg

ފާއިތުވި އެއްއަހަރު ދުވަހުގެ ފެނަކައިން ކޮށްފައިވާ އެކިއެކި ދަތުރުތަކަށް ދޭންޖެހޭ ފައިސާ ނުދޭކަމަށް ބުނެ، ފެހެންދޫ ޒުވާނުން ތަކެއް އިސްވެތިބެ އާއްމުންގެ ބަޔަކާއެކު ފެހެންދޫ ފެނަކަ ކޯޕަރޭޝަން ކުރިމަތީގައި މުޒާހަރާކޮށްފައެވެ.

ބައެއް ފޮޓޯތަކުން ފެންނަ ގޮތުގައި މި ބޯޑު ތަކުގައި ލިޔެފައިވަނީ، ފެނަކައިން ކޮށްފައިވާ ދަތުރުތަކުގެ ފައިސާދީފައި ނުވާކަމަށާ ފެނަކަ ކޯޕަރޭޝަން ވަނީ ރައްޔިތުންނަށް ދަރާފައިކަމަށް ބައެއް ބޯޑުތަކުގައި ލިޔެފައިވެއެވެ.

މި މުޒާހަރާގެ ތެރޭގައި ގައި ޒުވާނުން ވަނީ ފެހެންދޫ ފެނަކަ ބްރާންޗްގެ ނަން ބޯޑު މަތީގައި “ވަގު ފެނަކަ” ލިޔެފައިވާ ބޯޑެއްވެސް ހަރުކޮށްފަ އެވެ.

ނިކަމެތި ރައްޔިތުންނަށް ދަރާ ވިކިފައިވާކަމަށް ބުނެ މުޒާހަރާގައި އިސްވެތިބީ ލޯންޗު ފަހަރު ދުއްވާ ޒުވާނުން ތަކެއްކަމަށް މައުލޫމާތު ލިބެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top