އާދީއްތަ ދުވަހު ސިވިލް ސާވަންޓުން ކަޅުހެދުމުގައި އިހުތިޖާޖަށް!

big_I0bZ42T60PsdKr4LvKPIAZ6I4.jpeg

ސިވިލް ސާވަންޓުންގެ އެތައް ޝަކުވާއަކާއި ކަންބޮޑުވުންތަކަކާއެކު އާދިއްތަ ދުވަހު ކަޅު ހެދުމުގައި  ރާއްޖޭގެ ހުރިހާ ރަށެއްގައި އިހުތިޖާޖް ކުރަން ނިންމައިފިއެވެ.

ސިވިލް ސާވަންޓު އެސޯސިއޭޝަނުން ބުނި ގޮތުގައި އެ މީހުން އިހްތިޖާޖު ކުރާ ކަމެއް ނޭނގޭ ކަމަށް ސަރުކާރުން ހަދައިފިނަމަ ހޯމަ ދުވަހު މަސައްކަތް ހުއްޓާލައިގެން ވެސް އިހްތިޖާޖު ކުރާނެއެވެ.

ސަރުކާރުގެ ފަރާތުން އެކަށީގެންވާ ޖަވާބެއް ލިބެންދެން ހޯމަ ދުވަހު ފަށާ ހަޅުތާލު ކުރިއަށް ގެންދާނެކަމަށް ވެސް އެސޯސިއޭޝަނުން ބުނެއެވެ.

“މިކަމުގައި ހުރިހާ ސިވިލް ސާވަންޓުން ވެސް ތިބީ ބައިވެރިވާ ގޮތަށް. އުންމީދީ ޖަވާބެއް ލިބެންދެން މިކަމުގައި ގަދަ އަޅައި މަސައްކަތް ކުރާނަން. ސިވިލް ސާވަންޓުންނަށް އެކަށީގެންވާ މުސާރައެއް ނުލިބޭތާ އެތައް އަހަރެއް މިވަނީ،” ސިވިލް ސާވެންޓް އެސޯސިއޭޝަންގެ އޮފިޝަލަކު ވިދާޅުވިއެވެ.

ސިވިލް ސާވަންޓުންގެ މައިގަނޑު ޑިމާންޑުތަކަކީ މުސާރައާއި އިނާޔަތްތަކަށް ހެޔޮ ބަދަލެއް ގެނައުމާއި، ސެޓްފިކެޓަަށް ވަޒީފާގެ ކުރިއެރުން ދިނުމާއި އަދި މިނިމަމް ވޭޖް އަވަސްކޮށްދިނުމެވެ.

މީގެ އިތުރުން ސަރުކާރުގެ ސިޔާސީ ވަޒީފާތަކުގައި މަސައްކަތްކުރާ ފަރާތްތަކަށް ލިބޭ ލިވިން އެލަވަންސް ސިވިލް ސާވިސް މުވައްްޒަފުންނަށް ދިނުމަކީ ވެސް މި އިހުތިޖާޖުގައި ކުރާ އެއް ޑިމާންޑެވެ.

މުސާރައިގެ މައްސަލައިގައި ސިވިލް ސާވެންޓުން އިހުތިޖާޖަށް ނުކުންނަން ނިންމިއިރު، ޕައިލެޓުންނާއި  ޑޮކްޓަރުންނާއި ނަރުހުންނަށް ވަޒީފާގެ ކުރިއެރުން ނުލިބި ލަސްވަމުންދާތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ބައްދަލުކުރައްވާފައިވެއެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ޕައިލެޓުންނާއި ޑޮކްޓަރުންނާއި ނަރުހުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.

ރާއްޖޭގައި 26،668 ސިވިލް ސާވެންޓުން އެބަތިއްބެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top