ތުޅާދޫ އެއާޕޯޓު އޮތީ ބިޑް އިވެލުއޭޝަން ގައި- ރައީސް

b_3MWVmj3Bq2Tu1D5D9NAACIrHo-1.jpg

ރައީސުލްޖުމްހޫރިއްޔާ، ތުޅާދޫ ކައުންސިލާ ބައްދަލުކުރެއްވުން ---

ތުޅާދޫގައި އަޅަން މިސަރުކާރުން ވައުދު ވެފައިވާ އެއާޕޯޓު އޮތީ ބިޑް އިވެލުއޭޝަންގެ މަރުހަލާގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ތުޅާދޫ ކައުންސިލާއެކު މިއަދު ރައީސުލް ޖުމްހޫރިއްޔާ އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރައްވާފައެވެ.

އެގޮތުން، ތުޅާދޫގައި ގާއިމުކުރުމަށް ނިންމާފައިވާ އެއާޕޯޓާ ގުޅިގެން ރައްޔިތުންގެ ހުރި ހުށަހެޅުންތަކާއި، ސިއްހީ ހިދުމަތް ފުޅާކުރުމާ ގުޅޭގޮތުންނާއި، ބަނދަރަށް ދިމާވެފައިވާ މައްސަލަތަކާއި، ބިމުގެ ދަތިކަމާ ގުޅޭގޮތުން ކައުންސިލްގެ ފަރާތުން ވަނީ މައުލޫމާތު އަރުވާފައެވެ.

އަދި ރަށުގެ ބިން ހިއްކުމާ ގުޅޭގޮތުންނާއި، ރަށުގައި އަޅާފައިވާ 50 ހައުސިން ޔުނިޓާއި، ބާކީ އަޅަން ނިންމާފައިވާ 50 ހައުސިންގ ޔުނިޓާ ގުޅިގެން ދިމާވެފައިވާ މައްސަލަތަކާއި ކަންބޮޑުވުންތަކާއި، ކައުންސިލަށް ދިމާވެފައިވާ ދަތިތަކާ ގުޅޭގޮތުންވެސް މަޝްވަރާކުރެއްވި އެވެ.

ތުޅާދޫގެ ތަރައްގީއަށް ސަރުކާރުން ކުރިޔަށް ގެންދާ ބައެއް މަޝްރޫއުތަކާއި ބެހޭ ތަފްސީލުގެ އިތުރުން އެ ކައުންސިލުން ކުރިޔަށް ގެންދާ ބައެއް ކަންކަމުގެ މައުލޫމާތުވެސް މިބައްދަލުވުމުގައި ވަނީ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ 50 ހައުސިންގ ޔުނިޓްގެ މައްސަލައިގައި ކަމާގުޅޭ މިނިސްޓްރީން އެ ޔުނިޓްތައް އިވެލުއޭޓް ކުރުމަށްފަހު ރަނގަޅު ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ރައީސް ވިދާޅުވީ ކައުންސިލުން އިތުރަށް ފާހަގަކުރެއްވި ކަންކަމުގައި، ކަމާގުޅޭ ފަރާތްތަކާއެކު މަޝްވަރާ ކޮށްގެން މައްސަލަތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

ތުޅާދޫގައި އެއާޕޯޓް އަޅަން ނިންމާފައިވާކަން ސަރުކާރުން އިއުލާނުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރުމަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top