މަހުފޫޒަށް ރިހިމެޑަލް، ވާސިފަށް ހިތްވަރުގަދަކަމުގެ ކުލަ

75519325_10157753734756639_6857053341197795328_n.jpg

ވާސިފް (ކ) އަދި މަހުފޫޒް މެޑަލްއާއި، ކުލަ އާއެކު / ފޮޓޯ: ފޭސްބުކް

މިދިޔަ ސެޕްޓެމްބަރު މަހު ހެންވޭރު އަބަދަށް ފެހި މަގުގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި އަމިއްލަ ފުރާނަ އަށް ބެލުމެއްނެތި މީހުން ސަލާމަތްކުރުމަށް ހަރަކާތްތެރިިވި ސާޖަންޓް މަހުފޫޒް އަބްދުއްރަޝީދު ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލްއާއި ސްޓާފް ސާޖަންޓް މުހައްމަދު ވާސިފް ހިތްވަރުގަދަ ކަމުގެ ކުލަ ހާސިލްކޮށްފިއެވެ.

ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް އަކީ އަމިއްލަ ނަފުސަށް ލިބިދާނެ ގެއްލުމަކަށް ބެލުމެއް ނެތި، އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް ނުވަތަ އިންސާނެއްގެ ފުރާނަ ސަލާމަތްކުރުމަށް މަސައްކަތްކުރި މިންވަރު ބަލައި، ދޭ މެޑަލެއްކަމަށް އެމްއެންޑީއެފުން މައުލޫމާތު ދެއެވެ.

ބ. އޭދަފުށީ ސައްކެޔޮގޭ ސާޖަންޓް މަހްފޫޒް އަބްދުއްރަޝީދަށް ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑަލް ހަވާާލުކޮށްދެއްވީ ނަޞްރުގެ ދުވަހުގެ މުނާސަބަތު ގައި ރޭއޮތް ރަސްމީ ޖަލްސާގައި ސިފައިންގެ އެންމެ އިސްވެރިޔާ އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި މި މެޑަލް ދިނުމަށް ނިންމީ، އަލިފާން އެންމެ ބޮޑަށް ރޯވި ގެތަކުގެ އެކި ފްލޯތަކުގައި ނުނިކުމެވިފައި ތިބި މީހުން ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް ދެއްކި އާދަޔާ ހިލާފު ހިތްވަރުގެ ސަބަބުން ކަމަށެވެ. މަހުފޫޒްގެ އިތުރުން ނުވަ ސިފައިންނަށް މި މެޑަލް ލިބިފައިވެ އެވެ.

ބ. އޭދަފުށީ ނަސީމީގޭ ސްޓާފް ސާޖަންޓް މުހައްމަދު ވާސިފް އަށް ހިތްވަރުގަދަ ކަމުގެ ކުލަވެސް ހަވާާލުކޮށްދެއްވީ ނަޞްރުގެ ދުވަހުގެ މުނާސަބަތު ގައި ރޭއޮތް ރަސްމީ ޖަލްސާގައި ޑިފެންސް މިނިސްޓަރ މާރިޔާ އަހްމަދު ދީދީއެވެ.

ހިތްވަރުގަދަކަމުގެ ކުލައަކީ ހަނގުރާމައިގެ ހަލަތްތަކުގައި މެޑަލް ލިބޭ ދަރަޖައަށް ނުފެތޭ، ނަމަވެސް ފާހަގަކޮށްލެވޭ ހިތްވަރުގަދަ އަމަލެއް ކުރާ ފަރާތްތަކަށް ދެވޭ ކުލައެކެވެ. ނުވަތަ ދިމާވާ ނުރައްކާތެރި ހާދިސާއެއގައި ހިތްވަރުގަދަ ކަމެއް ކުރުމުން، ނުވަތަ ބަޔަކަށް ދިމާވާ ނުރައްކަލަކުން ސަލާމަތްކުރުމަށް ހިތްވަރުގަދަ ކަމެއް ކުރުން، ނުވަތަ ގައުމުގެ އަމަން އަމާންކަމާ ގައުމީ މަސްލަހަތު ހިމާޔަތްކުރުމަށާއި އަދި ސުލްހަ މަސްލަހަތު ގެއްލޭފަދަ ކަމެއް ރާވާ ބަޔަކާ ބެހޭ މައުލޫމާތު ހޯދުމުގައި ހިތްވަރުގަދަ އަމަލެއް ކުރާ ފަރާތަކަށް ދެވޭ ކުލައެކެވެ.

ވާސިފްގެ އިތުރުން ސިފައިންގެ 11 ބޭކަލަކަށް ހިތްވަރުގަދަކަމުގެ ކުލަ ލިބުނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top