ކޮވިޑް ނެތް އެއްރަށުން އަނެއްރަށަށް ދަތުރުކުރުމަށް ހުރި ހުރަސްތައް އުވާލަނީ.

DSCN3319.jpg

އޭދަފުއްޓާ މާލެއާދެމެދު ދަތުރުކުރާ ހައިސްޕީޑް ލޯންޗް ފެރީއަށް ބަޔަކު މަޑު ކޮށްލައިގެން -އީވީ ފައިލް ފޮޓޯ

އަންނަ ހޯމަ ދުވަހުން ފެށިގެން ކޮވިޑްގެ ބަލިމަޑުކަން ނެތް ރަށްރަށުން އެއް ރަށުން އަނެއްް ރަށަށް ދަތުރު ކުރުމުގައި ހުރަހެއް ނޯންނާނެކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު އައިމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ ކޮވިޑް ކޭސްތައް ނެތް ރަށަކުން އެބަލި ނެތް އެހެން ރަށަކަށް ދަތުރުކުރުމަށް ހުރި ހުރަސްތައް އަންނަ ހޯމަ ދުވަހުން ފެށިގެން އުވިގެންދާނެ ކަމަށާއި އަދި އެއާއެކު ޑޮމެސްޓިކް އެއާޕޯޓްތައް ހުޅުވުމަށް ވެސް ލަފާދީފައިވާނެ ކަމަށެވެ.

“މިހާރު ކޮވިޑް ކޭސްތައް ހުރީ މާލޭގައި ކަމުން، މާލެއަށް އަންނަ މީހުންނާ ފުރާ މީހުންނަށް ކޮންމެވެސް ރިސްޓްރިކްޝަން ތަކެއް ހުންނާނެ. ކަނޑައަޅާފައި ހުންނަ އުސޫލުތަކުގެ ތެރެއިން ކުރަންޖެހޭ ކަންތައް ކޮށްގެން ނުވަތަ ފުރަންޖެހޭ ފޯމްތަކާ އެ އިންނަ ފޮރޮސެސް ފުރިހަމަކޮށްގެން އެއް ރަށުން އަނެއް ރަށަށް ދެވޭނީ،” ޝައިނާ ވިދާޅުވިއެވެ.

މިމަހުގެ 15 އިން ފެށިގެން ލުއިތައް ދިނުމަށް ނިންމި ނަމަވެސް، ގައިދުރުކަމާއި އަތްދޮވުން ފަދަ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެދޭ ކަމަށާއި އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ޝައިނާ ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top