އަންނަ މަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލަނީ.

dw-maldives-tourists-180214.jpg

ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމުގެ ގޮތުން ބަންދު ކޮށްފައިވާ ރާއްޖޭގެ ބޯޑަރުތައް އަންނަ މަހުން ފެށިގެން އަލުން ހުޅުވާލާނެކަމަށް އިއުލާނު ކޮށްފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އާމިނަތު ޝައިނާ އަބްދުﷲ ވިދާޅުވީ، އަންނަ މަހުގެ ތެރޭގައި ރާއްޖޭގެ ބޯޑަރުތައް ހުޅުވާލެވި، ފަތުރުވެރިކަން ހުޅުވާލެވިގެންދާނެ ކަމަށެވެ.

“ސްކޫލުތަކާއި، ސަރުކާރު އޮފީސްތަކާއި، ޓޫރިޒަމް ދާއިރާގެ ކަންކަމަށް އަދި އިންޓަނޭޝަނަލް އެއާޕޯޓް އަދި ޖަމާއަތުގައި ނަމާދުކުރުން ފަދަ ކަންކަން އެކަމާ ބެހޭ މިނިސްޓްރީތަކުން އެޗްޕީއޭގެ ލަފާއާއި އެއްގޮތަށް ހުޅުވިގެންދާނެ ،” ޝައިނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް މިހާރު ކޮވިޑް-19ގެ ކޭސްތައް ފެންނަނީ ހަމައެކަނި މާލެއިން ކަމަށްވާއިރު، މާލެ އިން ފުރާ މީހުންނަށާއި، އަންނަ މީހުންނަށް ކޮންމެވެސް ވަރެއްގެ ރިސްޓްރިކްޝަންތަކެއް ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.  އަދި އެއް ރަށުން އަނެއް ރަށަށް ދެވޭނީ އެ އޮންނަ އުސޫލުގެ ދަށުން ކުރަން ޖެހޭ މަސައްކަތްތައް ކޮށްގެން، އެކަމަށް އޮންނަ ޕްރޮސެސް ފުރިހަމަ ކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ.

އެންއީއޯސީން ބުނީ، ބޮޑެތި ލުއިތަކެއް ދޭން ނިންމުމާ ގުޅިގެން ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން މައުލޫމާތު ދޭނެ ކަމަށެވެ. އެކަމަކު، މިއިން ކޮންމެ ލުޔަކީ ވެސް ވަގުތާއި ހާލަތައް ބަލައި ބަދަލުވެދާނެ ކަމެއް ކަމަށް އެ އިދާރާ އިން ބުނެ އެވެ.

ކޮވިޑް 19އިން ރައްކާތެރިވުމުގެ ގޮތުން އެއްވެސް މީހަކަށް ނާދެވޭ ގޮތަށް ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށްފައިވަނީ މިދިޔަ މާޗު މަހުގެ 27 ވަނަ ދުވަހުއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top