އޭދަފުށީގައި މާދަމާ ކޮވިޑް ވެކްސިން ދެނީ 18 އަހަރާ 49 އަހަރާ ދެމެދުގެ ބަލި މީހުންނަށް

151110924_1879667008853932_4291821659375972152_o.jpg

ބ.އަތޮޅު ހޮސްޕިޓަލަށް ކޮވިޑް ވެކްސިން ޖެހުމަށް ގޮސްތިބި ބަޔަކު ކިޔުގައި މަޑުކޮށްލައިގެން --ފޮޓޯ :އަތޮޅު ހޮސްޕިޓަލް

އޭދަފުށީގެ ރައްޔިތުންގެ ތެރެއިން 18 އަހަރާ 49 އަހަރާ ދެމެދުގެ ދާއިމީ ބަލިތަކަށް ފަރުވާ ކުރާމީހުންނާއި ދިގު މުއްދަތަކަށް ބޭސް ކުރާ މީހުންނަށް މާދަމާ، ކޮވިޑް ވެކްސިން ދޭން ހަމަޖެހިފައިވާ ކަމަށް ބ.އަތޮޅު ހޮސްޕިޓަލުން ބުނެފިއެވެ.

މިކަމާގުޅޭ ގޮތުން ބ އަތޮޅު ހޮސްޕިޓަލުން މިއަދު އާއްމުކޮށްފައިވާ ބަޔާނެއްގައި ބުނީ އޭދަފުށީގައި ދިރިއުޅޭ 18 އަހަރާއ 49 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުންނާއި ދިގުމުއްދަތަކަށް ބޭސް ކުރާ މީހުންނަށް މާދަމާ ހެނދުނު 10:30 އިން ފެށިގެން 2:00 އާ ހަމައަށް ހޮސްޕިޓަލުގައި ވެކްސިން ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ވެކްސިން ޖެހުމަށް ދާއިރު އައިޑީ ކާޑާ އެކު ދާއިމީ ކޮށް ބޭސްކުރާ ކަމުގެ ލިއުން ހިފައިގެން ދިއުމަށްވެސް ބަޔާނުގައި ހަނދާން ކޮށްދީފައިވެއެވެ.

މީގެ އިތުރުން އުމުރުން 50އަހަރުން މަތީގެމީހުންގެ ތެރެއިން މިހާރު މިރަށުގައި ތިބި ވެކްސިން ނުޖަހާ މީހުންވެސް ކޮވިޑް-19 ވެކްސިން ޖެހުމަށް ހޮސްޕިޓަލަށް ދިއުމަށް ހޮސްޕިޓަލުން ވަނީ އެދިފައެވެ.

އޭދަފުށީގައި ކޮވިޑް ވެކްސިން ޖަހަން ފަށާފައިވަނީ މިދިޔަ ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހު އެވެ. އެ ދުވަހު ވެކްސިން ޖަހާފައިވަނީ އަތޮޅު ހޮސްޕިޓަލުގެ ފްރޮންޓް ލައިންގައި މަސައްކަތްކުރާ ސިއްހީ ޚިދުމަތްތެރިންނަށެވެ. އޭގެ ފަހުން 60 އަހަރުން މަތީގެ މީހުންނަށްވެސް ވަނީ ވެކްސިން ދީފަ އެވެ.

މިހާތަނަށް ކޮވިޑް ވެކްސިން ޖެހި އެއްވެސް މީހަކަށް ވެކްސިންގެ ސަބަބުން ގެއްލުމެއް ނުވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދިނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top