ރާއްޖޭގެ އިންފްލޭޝަން، ޖުލައިމަހު 0.15 ޕަސެންޓަށް އުފުލިއްޖެ

1525870504.jpg

މިދިޔަ ޖުލައި މަހު ރާއްޖޭގެ އިންފްލޭޝަން 0.15 ޕަސެންޓަށް އުފުލިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ގައުމީ ތަފާސްހިސާބު ބަލަހައްޓާ ވުޒާރާއިން ނެރުނު އިންފްލޭޝަން ހިސާބުތައް ދައްކާ ގޮތުން ޖުލައި މަހު އަގުތައް މަތިވެފައިވަނީ 0.15 ޕަސެންޓަށެވެ. ނަމަވެސް ޖޫން މަހު އަގުތައް މަތިވެފައިވަނީ 0.45 ޕަސެންޓަށެވެ.

އަގުތައް މަތިވެފައިވާ ބައިތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލިފައިވަނީ ކަނޑުމަހާއި އެއްގަމު މަހާއި ކިރުގެ ބާވަތްތަކެވެ.

ތަކެތީގެ އަގު ބޮޑުވެ އިންފްލޭޝަން މައްޗަށް ދާއިރު ސަރުކާރުން ވަނީ ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރަން ނިންމާފަ އެވެ. އެގޮތުން ނިންމާފައިވަނީ އަންނަ އަހަރުގެ އެއްވަނަ ދުވަހުން ފެށިގެން ޖީއެސްޓީ ހަ ޕަސެންޓުން އަށް ޕަސެންޓަށް އަދި ޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް ބޮޑުކުރާށެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމާ އެކު ތަކެތީގެ އަގުތައް އިތުރަށް ބޮޑުވެ އިންފްލޭޝަން މައްޗަށް ދާނެ ކަމަށް އިގްތިސާދި މާހިރުން އަންނަނީ ބުނަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top