ރޯދައަށް ހަނދު ބެލުން މިމަހު 15ގައި

big_H46c6Zd9aQ5kiuw.jpg

ހަނދު ސާބިތު ކުރުމަށް ކުރިން ބޭއްވި ޖަލްސާއެއް

މިއަހަރުގެ ރޯދަމަހަށް ހަނދު ބެލުން މިމަހުގެ 15ގައި އޮންނާނެކަމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފި އެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނީ ސާދަސަތޭކަ ތިރީސްނުވަ ވަނަ އަހަރުގެ ރަމަޟާން މަހަށް ހަނދުބަލާނީ މެއި 15 ވާ އަންގާރަ ދުވަހު ކަމަށާއި، ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެދުވަހުގެ (29 ޝަޢުބާން 1439) ގެ ހަވީރު 5:30 އިން ފެށިގެން ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި، ރަށު ކައުންސިލްގެ އިދާރާ ތަކާއި، އަތޮޅު ކައުންސިލްގެ އިދާރާތައް ހުޅުވިފައި ހުންނާނެ ކަމުގައެވެ.

އަދި އެހެން އަހަރުތަކެކޭ އެއްގޮތަށް މި ރޯދަ މަހުގެ ހަނދު ސާބިތު ކުރުމަށް، ހަނދު ފެނުނު މީހަކު ނުވަތަ ބަޔަކު ހެކިބަސް ދޭން ހަމަޖެހިފައިވަނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ މަތީގައި ކުރިމަތީގައި ކަމަށާއި އަތޮޅު ތަކުގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިމަތީގައި ކަމަށް ވެސް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެއެވެ.

މެޖިސްޓްރޭޓެއް ނެތް ރަށެއްގައިނަމަ ހަނދު ސާބިތުކުރުމަށް ހެކިބަސްދޭނީ އެވަގުތަކު ރަށުކައުންސިލްގެ އިދާރާ ހިންގެވުމާއި ހަވާލުވެހުންނެވި އިސް ވެރިއެއްގެ ކުރިމަތީގައެވެ.

މިއަހަރުގެ ކަލަންޑަރުގައި ވާގޮތުން ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މެއި މަހުގެ 16 ވާ ބުދަ ދުވަހެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top