ދިރާގު ޓީވީ އާއި ދިރާގު ފައިބަރ އިންޓަރނެޓް އޭދަފުއްޓަށް

31950438_1844048548980500_497150083783983104_n.jpg

ދިރާގު ޓީވީއާއި ދިރާގު އިންޓަނެޓް އޭދަފުށީގައި އިފްތިތާހު ކުރުންް -ފޮޓޯ :ދިރާގު

ދިރާގުގެ ހައިސްޕީޑު ފައިބާ ޚިދުމަތާއި ދިރާގުގެ އައިޕީޓީވީ “ދިރާގު ޓީވީ”ގެ ޚިދުމަތް ބ.އޭދަފުށީގައި ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

އޭދަފުށީގައި މި ޚިދުމަތްތައް ފެށުމަށްޓަކައި މިއަދު ވަނީ ޕްރޮމޯޝަނެއް ފަށާފައެވެ. އެގޮތުން ދިރާގު ފައިބަރ އަދި ދިރާގު ޓީވީގެ ހިދުމަތް އަގަކާނުލައި ގުޅައި ދިނުމާ ދިރާގު ޓީވީ ބެލުމަށް ބޭނުންވާ ޖޯއިބޮސް އަގަކާ ނުލާ ލިބެއެވެ.

ދިރާގުޓީވީގެ އިންޓްރޯޑަކްޓަރީ ޕެކެޖްގައި 80 އަށް ވުރެ ގިނަ ޗެނަލް ހުންނައިރު ރާއްޖޭގައި އަލަށް ތައާރަފްކުރި ޑިޒްނީ ގެ ޗެނަލްތަކުން ފެށިގެން ޚަބަރާއި މުނިފޫހިފިލުވުމުގެ ޗެނަލް ތަކުގެ އިތުރުން އެންމެ ފަހުގެ ހިންދީ އަދި އިނގިރެސި ފިލްމާ މިއުޒިކް ޗެނަލްތައް ހިމެނެއެވެ. ދިރާގުގެ އިންޓްރޯޑަކްޓަރީ ޕެކެޖްގެ އަގަކީ 300 ރުފިޔާއެވެ.

ފައިބަރ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑް، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ 1ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ޚިދުމަތެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top