އުރީދޫގެ ފިކްސްޑް ބްރޯޑްބޭންޑް “ސުޕަނެޓް”ގެ ޚިދުމަތް ބ. އޭދަފުއްޓަށް މިއަދު ތައާރަފް ކޮށްފިއެވެ.
މި ޚިދުމަތް ތައާރަފް ކުރުމާއެކު އުރީދޫން ވަނީ ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފަ އެވެ.
އުރީދޫއިން ބުނިީ އޭދަފުށީގައި ސުޕަނެޓްގެ ޚިދުމަތް ތައާރަފުކުރުމާ ގުޅިގެން ހާއްސަ އޮފާއެއްގެ ގޮތުން 2018 ޖުލައި ހަތްވަނަ ދުވަހުގެ ކުރިން އުރީދޫ ސުޕަނެޓް ޚިދުމަތަށް އެދޭ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ މުއްދަތަށް ކޮންމެ މަހަކު މަހު ފީއިން 30 ޕަސަންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށެވެ. އަދި އޭދަފުށިން ސުޕަނެޓުގެ ޚިދުމަތް ފޯރުކުރުމަށް އެކްޓިވޭޝަން ފީއެއް، ނުވަތަ ޑިޕޮސިޓެއްވެސް ހުށަހަޅާކަށް ނުޖެހޭނެއެވެ.
އުރީދޫ މޯލްޑިވްސްގެ ޑިރެކްޓަރ އޮފް ސޭލްސް އެންޑް ބްރޭންޑް ހުސައިން ނިޔާޒް ވިދާޅުވީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅޭ ރައްޔިތަކަށްވެސް ހަލުވި ސްޕީޑުގެ ބްރޯޑްބޭންޑް އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ނުހަނު އަޙަމިއްޔަތުކަން ދޭ ކަމެއްކަމެއް ކަމުގައެވެ.
” މި މަސައްކަތުގެ ދަށުން، އޭދަފުއްޓަށް ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ހިދުމަތް ތައާރަފްކޮށް، އިންޓަނެޓްގެ ހިދުމަތް އިތުރު ފުރިހަމަކަމާއެކު ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް،” ނިޔާޒް ވިދާޅުވިއެވެ.
އުރީދޫއިން ބުނީ ކަސްޓަމަރުންނަށް އިތުރަށް ލުއިފަސޭހަކަން ފޯރުކޮށްދިނުމަށްޓަކައި، 12 މަހުގެ އިންސްޓޯލްމަންޓް ޕްލޭނަކާ އެކު ސުޕަނެޓު ރައުޓާ ބައްލަވައިގަތުމުގެ ފުރުސަތު ދީފައި ވާ ކަމަށެވެ.
އޭދަފުއްޓަށް ސުޕަނެޓްގެ ޚިދުމަތް ފުޅާކުރުމުގައި، އުރީދޫގެ އިންފްރާސްޓްރަކްޗާ ޕާޓްނަރަކީ އޭދަފުށި ކޭބަލް ނެޓްވާކް އެވެ.